ތިމާވެށި

ކާބަން މަދުކުރާ އިގްރާރުގައި 19 ކުންފުންޏަކުން ސޮއިކޮށްފ

Nov 24, 2015

މޫސުމަށް އަންނަ ބަދަލުތަކާއި ބެހޭ އދ. ގެ މުއާހަދާ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީ) ގެ ދަށުން ކާބަންމަދު އިޤްތިސާދަކަށް ވާސިލްވުމަށް ސާފު ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރު ހިއްސާވާ 20 ކުންފުންޏާއިއެކު "ޑެކްލަރޭޝަން އޮފް އިންޓެންޓް ޓު ކޮންޓްރިބިއުޓް ޓު އަ ކްލައިމެޓް ރެޒިލިއެންޓް ލޯ ކާބަން އިކޮނަމީ" ގައި މިއަދު ސޮއިކޮށްފި އެވެ.

މި އިގްރާރުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓާ އޮފް އެންވަޔަރަންމެންޓް އެންޑް އެނާޖީ ޠާރިޤް އިބްރާހީމް އެވެ. ކުންފުނިތަކުގެ ފަރާތުން ސޮއިކުރެއްވީ ކުންފުނިތަކުގެ އިސްބޭފުޅުންނެވެ.

މިޤަރާރުގައި މައިގަނޑު ގޮތެއްގައި ހިމެނިފައިވާ ކަންތައްތަކުގެ ތެރޭގައި ޖައްވަށްދޫކުރާ ވިހަގޭސް މަދުކުރުމަށް ޤައުމީ ފެންވަރުގައި ކުރެވޭ މަސައްކަތް ތަކުގައި ބައިވެރިވެ އެއްބާރުލުން ދިނުމާއި މިދާއިރާގެ ޕަބްލިކް ޕްރައިވެޓް ޕާޓްނާރޝިޕްތަކަށް މަރުހަބާ ކިޔުމާއި ކުންފުނީގެ މަސައްކަތްތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން އިތުރު ކުރުމާއި އެނާރޖީ އެފިސެންސީ އިތުރު ކުރުމުގެ އިތުރުން ކުންފުނީގެ މަސައްކަތް ތަކުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރުމާއި އެނާޖީ އެފިސެންސީ އިތުރު ކުރުމުގެ ތަޖުރިބާ އެހެންކުންފުނިތަކާއި ހިއްސާކުރުން ހިމެނެއެވެ.

ކާބަން މަދު އަދި ފެހި އިގްތިސާދެއް ގާއިމުކުރުމަށް މި ސަރުކާރުން ދަނީ މަސައްކަތެއް ކުރަމުންނެވެ.