ދުނިޔެ

ހުޅަނގުން ހީކުރާ ވަރަށް ވުރެ ތާލިބާނުން ބާރުގަދަ: މާކެލް

ތާލިބާނުން ހޯދާފައި ހުރި ބާރުވެރިކަން ހުޅަނގަށް ވަޒަން ނުކުރެވޭ ކަމަށާއި 10 ދުވަސް ތެރޭގައި އެ އޮތީ މުޅި އަފްޣާން ހިފާފައި ކަމަށް ވިދާޅުވެ، ޖަރުމަނުގެ ޗާންސެލާ އެންޖެލާ މާކެލް އެ ގައުމުގެ ގާނޫން ހަދާ މަޖިލީހުގައި ތާލިބާނުންގެ ބާރު ވަރުން އަޅުވައިފި އެވެ.

އެންޖެލާ މާކެލް ވިދާޅުވީ ތާލިބާނުންގެ ދުވެލި ފެނި މުޅި ދުނިޔެ ހައިރާންވެއްޖެ ކަމަށާއި އަފްޣާން ސިފައިން ތާލިބާނުންނަށް އަމާން ދޭން މެދުވެރިވި ސަބަބު އަދި މާބޮޑަށް ވެސް ޝައުގުވެރި ކަމަށެވެ.

ޗާންސެލާ ވިދާޅުވި ގޮތުން މިހެން ތިބެފައި ހަދަންވީ ގޮތް ބުނަން ވަރަށް ފަސޭހަ އެވެ. އެކަމަކު ގޮސް އަފްޣާނަށް އެރުމުން ދެލޮލަށް ފަސް އެޅުން ނޫން ކަމެއް ނުވާ ކަމަށް އެ ކަމަނާ ވިދާޅުވި އެވެ.

އެންޖެލާ މާކެލް ވިދާޅުވީ 20 އަހަރު ކުރި މަސައްކަތް ގެއްލިދިޔަ ދީގެން ނުވާނެ ކަމަށާއި އެއްއަމާޒަކަށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އެކަމަނާ ވިދާޅުވީ ތާލިބާނުންނާ މަޝްވަރާ ކުރަން ޖެހޭ ކަމަށާއި އަފްޣާންގެ ވެރިކަމުގައި މިހާރު އެތިބީ އެމީހުން ކަމަށެވެ.

"ތާލިބާނުން އެއީ އަސްލެއް،" މާކެލް ވިދާޅުވި އެވެ. "އަޅުގަނޑުމެން މިތިބީ ލޮޮލަށް ފަސްއެޅިފައެއް ނޫން" އެކަމަނާ ވިދާޅުވީ ތާލިބާނުން އެވެެނި ކަމެއް ކޮށްފިއޭ މިވެނި ކަމެއް ކޮށްފިއޭ ބުނެވެނީ އެއީ އުޅޭ ބަޔަކަށް ވާތީ ކަމަށެވެ.

ޗާންސެލާ ވިދާޅުވީ އަފްޣާންގެ ހާލަތު މިހާރު ވަރަށް ގޯސް ކަމަށާއި ބައިނަލްއަގްވާމީ ޖަމާއަތުން އަވަސް މަަސައްކަތްތަކެއް ކުރަންޖެހިފައި އޮތް ކަމަށެވެ. އަދި ވިދާޅުވީ އަފްޣާންގެ ހާލަތު ރަނގަޅުކުރަން ޖަރުމަނުން އެހީވާނެ ކަމަށެވެ.