އެމެރިކާ އޮތީ ހިފަހައްޓާފައި ހުރި އަފްޣާން ފައިސާތައް ދޫކުރާ ގޮތަކަށް ނޫން ކަމަށް ރިޕޯޓްތައް ބުނަން ފަށައިފި އެވެ. އެމެރިކާ ސަރުކާރުން މީގެ ކުރިން ވެސް މި މޭރުމުން ވަނީ ވާހަކަދައްކާފަ އެވެ.
އަފްޣާންގައި ގާނޫނީ ގޮތުން ގާއިމުކޮށްފައި އޮތް މަދަނީ ސަރުކާރު ވައްޓާލުމަށް ފަހު ތާލިބާނުން ވެރިކަމަށް އަރައިގަތުމާ ގުޅިގެން އެމެރިކާގެ ބޭނުންކު ތަކުގައި ހުރި އަފްޣާން ހަތް ބިލިއަން ޑޮލަރު އަދިވެސް ހުރީ ހިފަހައްޓާފަ އެވެ.
އެމެރިކާގެ ރައީސް ޖޯ ބައިޑަންއާ ހަވާލާދީ ކުރިން ފެތުރުނު ރިޕޯޓްތަކެއް ބުނާ ގޮތުން އެމެރިކާއިން އެ ފައިސާއެއް ދުލެއް ނުކުރާނެ އެވެ. އޭގެ ބަދަލުގައި އެ ފައިސާ ބޭނުންކުރާނީ ސެޕްޓެމްބަރު 11 ގައި ގެއްލުން ލިބުނު އެމެރިކާގެ އާއިލާތަކަށް ބަދަލު ދިނުމަށެވެ.
ތާލިބާނުން ބުނާ ގޮތުން އެ ފައިސާ ހުންނަށް ވާނީ އަފްޣާންގެ މަރުކަޒީ ބޭނުންކުގަ އެވެ. އަފްޣާންގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސް އިގުތިސޯދި ފޫވެއްޓިފައި އޮތް މި ދަނޑިވަޅުގައި އެމެރިކާއިން ކަންކުރަނީ ވަރަށް އިހާނެތިކޮށް ކަމަށް ވެސް ތާލިބާން ސަރުކާރުން ބުނެ އެވެ.
ތާލިބާނުން އެދޭ އެދުމަށް އެމެރިކާ ދޭ ރައްދަކީ ފައިސާތައް ދޫކޮށްފި ޓެރަރިސްޓުންނަށް ހަތިޔާރު ގަތުން ނޫން ކަަމެއް ތާލިބާނުން ނުކުރާނެ ކަމެވެ. އަދި އެ ފައިސާއިން ގައުމީ އިގުތިސޯދާށް ބޮޑުލާރިއެއް ވެސް ހޭދަނުކުރާނެ ކަމަށެވެ.
އެމެރިކާއިން މީގެ ކުރިން ތާލިބާނުންނާއެކު ކުރަމުން ގެންދިއަ މަޝްވަރާތައް ވެސް ބައިޑަން ސަރުކާރުން ވަނީ ހުއްޓާލާފަ އެވެ.
އަފްޣާންގައި އޮތް ތާލިބާނުން ސަރުކާރު ބަލައިގަތުމަށް ތާލިބާނުން އެދުނު ނަމަވެސް ގައުމުތަކުން ބުނަނީ ހައްގުތައް ދެމެހެއްޓުމުގައި ތާލިބާނުން ތަފާތުކުރުން ވަރަށް ބޮޑު ކަމަށެވެ. އަދި އިސްލާހީ އެޖެންޑާ އިއުލާން ނުކުރާހާ ހިނދަކު އެހީތެރި ނުވެވޭނެ ކަމަށެވެ.
ދުނިޔޭގެ ގައުމުތަކުން ތާލިބާނުން ސަރުކާރާ މެދު އޮންނަ ނުތަނަވަސް ކަމަކީ އަންހެނުންނަށް ތައުލީމް ނުދިނުމާއި ވަޒީފާއަށް ފުރުސަތު ނުދިނުމެވެ. އަދި ޓެރަރިސްޓް ޖަމާއަތްތަކަށް އަފްޣާނުން ހިމާޔަތްދީ އެ ގައުމުގައި ދެމިތިބުމަށް ފުރުަސަތު ދިނުމެވެ.