ދުނިޔެ

ބޯޓު ވައްޓާލުމަކީ ބުރަކައްޓަށް ޖެހި ވަޅިއެއް: ޕުޓިން

ޕުޓިން އޭނާގެ ހަނގުރާމަވެރިންނާއެކު: ބޯޓް ވައްޓާލުމުގެ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ވިދާޅުވި
0%
0%
0%

ތުރިކީން ރަޝިޔާގެ ހަނގުރާމަމަތީ ޖެޓެއް ވައްޓާލި ވައްޓާލުމަކީ "ރަޝިޔާގެ ބުރަކައްޓަށް ޖެހި ވަޅިއެއް" ކަމަށް އެގައުމުގެ ރައީސް ލާޑީމިއާ ޕުޓިން ސިފަކުރައްވައިފިއެވެ. ޕުޓިން އިތުރަށް ވިދާޅުވީ މިއީ ޓެރަރިސްޓުންނަށް ވާގިދިނުމުގެ އަމަލެއް ކަމަށެވެ.

ތުރުކީން ބުނަނީ ރަޝިޔާގެ ބޯޓު ވައްޓާލީ އެގައުމުގެ ވައިގެ ސަރަހައްދަށް ނުގަވައިދުން ވަނުމުން އިންޒާރު ކުރުމަށްފަހު ބޯޓުގެ ޕައިލެޓް ތުރުކީގެ އިންޒާރަށް އިޖާބަ ނުދިނުމުން ކަމަށެވެ. އެކަމަކު ރަޝިޔާއިން ބުނަނީ އެގައުމުގެ ޖެޓު އުދުހުނީ ސީރިޔާގެ ވައިގެ ސަރަހައްދުގައި ކަމަށެވެ.

މި މައްސަލައިގާ މަޝްވަރާ ކުރުމަށް ނޭޓޯއިން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވާފައެވެ. މިއީ ތުރުކީގެ އެދުމުގެ މަތިން ބޭއްވި ބައްދަލުވުމެކެވެ. ނޭޓޯގެ ސެކްރެޓަރީ ޖެނެރަލް ވިދާޅުވީ ރަޝިޔާގެ ބޯޓު ތުރުކީގެ ވައިގެ ސަރަހައްދަށް ވަދެފައިވާކަން މިހާދިސާގެ ތަހުގީގުން ހާމަވާ ކަމަށެވެ.

މި ހަމަލާއާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވަމުން އެމެރިކާގެ ރައީސް ބަރަކް އޮބާމާ ވިދާޅުވީ ތުރުކީއަށް އެގައުމުގެ ސަރަހައްދު ދިފާއުކުރުމުގެ ހައްގު އޮންނާނެ ކަމަށާ މި ހާދިސާއިން ދައްކައިދެނީ ރަޝިޔާއިން ސީރިޔާގައި ހިންގާ އަސްކަރީ ހަރަކާތްތަކުން ނުކުންނަ މައްސަލަތައް ކަމަށެވެ. އަދި މި ހާދިސާ ހިނގި ގޮތް ސާފުކުރަން ޖެހޭ ކަމަށާ އިތުރު މައްސަލަތަކެއް ނުކުތަ ނުދީ، ރަޝިޔާއާ ތުރުކީގެ މެދުގައި ވާހަކަތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށް ވެސް އޮބާމާ ވިދާޅުވިއެވެ.

މިއީ ސީރިޔާގެ ރައީސް ބައްޝާރުލް އަސަދާ ހަނގުރާމަ ކުރާ ފަރާތްތަކާ ދެކޮޅަށް ރަޝިޔާއިން ވައިގެ ހަމަލާތައް ދޭން ފެށި ފަހުން ރަޝިޔާގެ ބޯޓެއް ސީރިޔާގައި ވެއްޓުނު ފުރަތަމަ ފަހަރެވެ.

މި ހަމަލާއާ ގުޅިގެން ތުރުކީއާ ރަޝިޔާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރު ވެފައެވެ. ޕުޓިން ވިދާޅުވީ މި ހަމަލާގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމަށެވެ. ރަޝިޔާގެ ފޮރިން މިނިސްޓަރު މާދަމާ ތުރުކީއަށް ޒިޔާރަތް ކުރުމަށް ކުރިން ތާވަލުކޮށްފައި އޮތްއިރު، ރަޝިޔާއިން ބުނީ މި ހަމަލާއާ އެކު އެ ދަތުރުފުޅު ކެންސަލް ކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން ރަޝިޔާއިން ވަނީ އެގައުމުގެ ޓޫރިސްޓުން ތުރުކީއަށް ޒިޔާރަތް ނުކުރުމަށް އަންގާފައެވެ. - ބީބީސީ

3 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މާލް

ތުރުކީ އަކީ ޔަހޫދީންނަށް އެހީވާ ބައެއް ، އަރަބި އެހެން އަވައްޓެރި ގައުމްތަށް ހަލާކް ކުރުމުގައި ފާޅުގައި ހުނޅަގާއި ގުޅިގެން ޖަރީމާ ހިންގުމުގެ ބައިވެރިއެއް؟ ތުރުކީ ވެސް އެގޮތަށް ފުނޑިގެން ދިއުމަކީ ދެން ދުރުގައި އޮތްކަމެއްނޫން !

މުޙައްމަދު

އުރުދުޣާން އަތަށް ގޮވާތީ ވަރަށް އުފާވާ މީހުން ތިބޭދޯ! ތިހެން މުނާފިޤުވެފަ ތިން ޖެހޭނީ. އިރާދަކުރެއްވިއްޔާ އިސްލާމީ ފިކުރު ދާނީ ކުރިއަށް. އަދި މުސްލިމުންގެ އާރާބާރު އެނބުރި އަންނާނެ.

ޏ

އޮރުދުގާން އަތައް ގޮވަނީ..

March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345