ދިވެހި އިންޑިއާގެ ގުޅުން

އިންޑިއާއިން ކްލާސްރޫމްތަކެއް އަޅައިދީފި

Aug 29, 2021
1

އިންޑިއާ ސަރުކާރުގެ އެހީގައި ދެ ރަށެއްގައި ކްލާސް ރޫމްތަކެއް އަޅައިދީފި އެވެ.

އިންޑިއާ ސަރުކާރުގެ އެހީގައި ކްލާސްރޫމް އަޅާފައި ވަނީ ނ. ޅޮއްސާއި އަދި ރ. ކިނޮޅޮހު ސްކޫލްގަ އެވެ. މި މަސައްކަތް ނިންމުމަށް ފަހު މިއަދު ވަނީ އެކަން ފާހަގަ ކުރުމަށް ފަތުހުﷲ ޖަމީލް ބިލްޑިންގައި ވަނީ ރަސްމިއްޔާތެއް ވެސް ބާއްވާފަ އެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑަައަޅާފައި ހުންނަވާ ސަފީރު، ސަންޖޭ ސުދީރު ވަނީ ބައިވެރިވެވަޑައިގެންނެވި އިރު އެޑިއުކޭޝަން މިނިސްޓަރު ވާޗުއަލްކޮށް ބައިވެރިވެ ވަޑައިގަތެވެ.

މި ޕްރޮޖެކްޓްގެ ދަށުން ކޮންމެ ސްކޫލެއްގައި ފަސް ކްލާމްރޫމް އެޅި އެވެ.