ޑރ. އަބްދުﷲ ޚަލީލް

ހަލީލް އިންޑިއާގެ ސަފީރާ ބައްދަލުކުރައްވައިފި

ފޮރިން މިނިސްޓަރ ޑރ. އަބުދުﷲ ހަލީލް އެ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އިންޑިއާގެ ސަފީރު މުނޫ މަހާވަރްއާ ބައްދަލުކުރައްވައިފި އެވެ.

ހަލީލް މިއަދު ވިދާޅުވި ގޮތުގެ މިއަދު އިންޑިއާގެ ސަފީރާ އެކު ބޭއްވެވި މިބައްދަލުކުރެއްވުމަކީ އޭނާ ފޮރިން މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން ގައުމެއްގެ ސަފީރަކާ އެކު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

މިބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހި ކުރުމަށް މަޝްވަރާ ކުރައްވާފަ އެވެ. އަދި އިތުރު ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވެ އެވެ.

ޑރ. ހަލީލް މިސަރުކާރުގެ ހެލްތު މިނިސްޓަރުގެ ގޮތުގައި ހުންނަވަނިކޮށް އޭނާ ފޮރިން މިނިސްޓަރުގެ މަގާމަށް އައްޔަންކުރެއްވީ އިއްޔެގެ ވަގުތެއްގައެވެ.

ފޮރިން މިނިސްޓަރުގެ މަގާމަށް ހަލީލް އައްޔަންކުރައްވާފައި މިވަނީ މިމަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ތައްޔާރުވަމުން ދަނިކޮށެެވެ.