ބިއުޓީ ޓްރީޓްމަންޓްތަކަށް ހާއްސަ ލުމޭރިއާ ސެލޫން ރަސްމީކޮށް ހުޅުވައިފި އެވެ.
ލުމޭރިއާ ސެލޫންގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެ ސެލޫން ހުޅުވައިދެއްވީ ހޮޓެލް ޖެންގެ ޑިރެކްޓާ އޮފް ސޭލްސް މަރިޔަމް ޝަފިއްޔާ އެވެ.
ލުމޭރިއާ ސެލޫން ހުޅުވުމާއެކު ދުނިޔޭގެ މަޝްހޫރު ބްރޭންޑް "ޖީކޭ" ގެ ޕްރޮޑަކްޓްތައް ރާއްޖެއަށް ތައާރަފްވެގެންދާނެ ކަމަށް އެ ސެލޫންގެ ފައުންޑާ އައިޝަތު ޝެރިއަން ވިދާޅުވި އެވެ. އޭގެ އިތުރުން ދުނިޔޭގެ ނަން މަޝްހޫރު ގިނަ ބައެއްގެ އިތުބާރު ހޯދައިފައިވާ ޖޮވީސް، ލައިކަން ފަދަ ބްރޭންޑްތަކުގެ ޕްރޮޑަކްޓްސްވެސް ލިބޭނެ އެވެ.
ލުމޭރިއާއިން ހިދުމަތް ދޭ ޓީމަކީ ތަޖުރިބާކާރު ކަސްޓަމާ ކެއާ ޓީމެވެ. ހިތް ގައިމު މާހަލެއްގައި އެ ސެލޫން ހިންގާއިރު އެތަނުގައި އެންމެ ޒަމާނީ ވަސީލަތްތައް ހުރެއެވެ.
ލުމޭރިއާ ސެލޫންއިން އެޕޮއިންޓްމަންޓް ދޫކުރާ ގަޑިތައް
- ބުރާސްފަތިން ހޮނިހިރު ދުވަހުގެ ނިޔަލަށް ހެނދުނު 10 އިން ރޭގަނޑު 9 އަށް
- ކޮންމެ ހުކުރު ދުވަހަކު މެންދުރު 1:30 އިން ރޭގަނޑު 9 އަށް
އޭގެ އިތުރުން އެ ސެލޫންގެ އިންސްޓަގްރާމް އަދި ފޭސްބުކް ޕޭޖް އަދި ވައިބާ (7882444) މެދުވެރިކޮށް ވެސް އެޕޮއިންޓްމަންޓަށް އެދެވޭނެ އެވެ.
ލުމޭރިއާ ސެލޫން ހުންނަނީ ބޮޑުތަކުރުފާނު މަގުގައި ހުންނަ އޮކްސިޖަން ކެފޭ ހިންގާ އިމާރާތުގެ ދެވަނަ ފަންގިފިލާގަ އެވެ.