ކަނޑުމަތީގެ ހާދިސާ

ލޯންޗެއް ޑިންގީއެއްގައި ޖެހި މީހަކަށް އަނިޔާވެއްޖެ

ކުރިން ހިނގާފައިވާ ލޯންޗަކާއި ޑިންގީއެއް އެކްސިޑެންޓްވި ހާދިސާއެެއް: ރޭވެސް ހިނގީ މިފަދަ ހާދިސާއެއް
0%
0%
0%

ކ. މާފުށީ ބޭރން ދުއްވި ލޯންޗެއް ޑިންގީއެއްގެ މައްޗަށް އެރުމުގެ ސަބަބުން މީހަކަށް ވަރަށް ބޮޑަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓު ހިނގީ ރޭ 9:00 ޖަހާ އެހާކަންހާއިރު އެވެ. އެ ލޯންޗު ޑިންގީގެ މައްޗަށް އެރުމުގެ ސަބަބުން ޑިންގީގައި އިން މީހަކަށް ވަރަށް ބޮޑަށް އަނިޔާވެފައި ވެއެވެ. އެ މީހާގެ އާއިލާގެ މީހަކު ބުނީ މިހާރު މާލެ ގެނެސް އޭޑީކޭގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެެވެ.

ރޭގެ އެ ހާދިސާ ހިނގިއިރު ޑިންގީ އޮތީ މީހުނާއެކު މަސް ބާނަން ނުކުމެ އެވެ. ރޭގެ އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބެއެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910