މޯލްޑިވްސް މީޑިއާ ކައުންސިލް

އެމްއެމްސީގެ އިންތިހާބު ކާމިޔާބުކުރީ ޝާފިއު

މޯލްޑިވްސް މީޑިއާ ކައުންސިލުން މިއަދު ބޭއްވި އިންތިހާބު މުހައްމަދު ޝާފިއު ކާމިޔާބު ކޮށްފި އެވެ.

ޝާފިއު މީޑިއާ ކައުންސިލަށް އިންތިހާބުވީ އާންމު މެމްބަރެއްގެ ގޮތުގަ އެވެ. އިންތިހާބު ބޭއްވީ އެ ކައުންސިލްގެ އާންމު މެމްބަރެއްގެ ގޮތުގައި ކުރިން ހުންނެވި މުހައްމަދު ޔާމީން އިބްރާހިމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ޝާފިއު އިންތިހާބް ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި އަހުމަދު ވަހީދު އަލީ އާއި އައިޝަތު ހުސެއިން މަނިކުގެ މައްޗަށް ކުރި ހޯއްދަވައިގެން ނެވެ. ޝާފިއުއަށް 57 ވޯޓު ވޯޓު ލިބިވަޑައިގެންނެވި އިރު ވަހީދަށް 36 ވޯޓު ލިބިވަޑައިގެންނެވި އެވެ. އައިޝަތުއަށް އެއްވެސް ވޯޓެއް ލިބިވަޑައެއް ނުގަންނަވަ އެވެ.