ދުނިޔެ

އެމެރިކާއަށް ޝަރިއަތްކުރެވެން ޖެހޭ: އުތުރު ކޮރެއާ

އަފްޣާނިސްތާނުގައި އެމެރިކާ ސިފައިން 20 އަހަރު ކުރި ކަމެއް ބަލަންޖެހޭ ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ. އުތުރު ކޮރެއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެމެރިކާ ސިފައިން އަފްޣާން ރައްޔިތުންގެ ހައްގުތައް ލޫޓުވައި އިންސާނީ ކަރާމާތަށް އަރައިގަނެ އަޅާލުމެއް ނެތި އަފްޣާންގައި އިންސާނީ ޖަރީމާތައް ހިންގާފައިވާ ކަމަށެވެ.

ޕިޔޮންގްޔަންގުން ބުނީ އެމެރިކާއަކީ ފަރުދާގެ ބިތްދޮށުގައި ގޮތްކުޑަ ގައުމެއް ކަމަށާއި ނިގުޅައިގެންފައި ހުރި ގައްގުތައް ހޯދުމަށްޓަކައި އެމެރިކާއަށް ޝަރީއަތް ކުރެވެން ޖެހޭ ކަމަށެވެ.

އަފްޣާނުން ޓެރަރިޒަމް ނައްތާލަން ކަމަށް ބުނެ 20 އަހަރު ކުރިން އެމެރިކާއިން އަފްޣާނަށް އަރައިގަނެ ނަސްލު އޮޅުވާލާފައިވާ ކަމަށް ވެސް އިތުރުން ބުނެ އެވެ.

އުތުރުން ބުނީ ހައްގު ގެއްލެނީ ހަމައެކަނި އެމެރިކާއާ ވަފާތެރިންނަށް ކަމެއްވުމުން ނޫން ކަމަށާއި ދުނިޔޭގައި އެހެން ގައުމުތަކުގައި ވެސް ޝަރަފުވެރިކަމާއެކު އިންސާނުން ދިރިއުޅޭ ކަމަށެވެ.

ޕިޔޮންގްޔަންގް ބާޔާނުގައި ބުނެފަައިވާ ގޮތުން މިއީ ހައްގުތައް ހޯދަން އެންމެން ވާކާލާތު ކުރާ ޒަމާނެކެވެ. އެމެރިކާގެ ސަބަބުން ގެއްލިފައި ހުރި ހައްގުތަކަށް އެމެރިކާ ޒިންމާ ކުރުވެން ޖެހެ އެވެ. އެމެރިކާގައި ވެސް ކުށްވެރިން ތިބި ކަމަށާއި އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

އަފްޣާނުން ޓެރަރިސްޓުން ނައްތާލަން ކަމަށް ބުނެ އާންމުން ދިރިއުޅޭ ތަންތަކަށް އެމެރިކާއިން ޑްރޯން ހަމަލާދިފައި ހުރި ކަމަށް ވެސް ބަޔާނުގައިވެ އެވެ. އާންމުންގެ މުދާތައް ސުންނާފަތި ކުރުމާއި ވަގަށް ނެގުން ފަދަ ހަރަކާތައް އެމެރިކާ ސިފައިން ކޮށްފައިވާ ކަމަށް އުތުރުން ބުނެ އެވެ.

އުތުރު ކޮރެއާއިން ބުނީ އެމެރިކާ އާއި ނޭޓޯ އަދި ބައިވެރިންގެ ސަބަބުން އަފްޣާންގައި 241،1000 މީހުން މަރުވެފައިވާ ކަމަށާއި އޭގެ ތެރޭގައި 7،792 ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

ޕިޔޮންގްޔަންގުން ބުނީ އަފްޣާން ރައްޔިތުން އެމެރިކާ ސިފައިންގެ ހަނދާންތައް އާ ކުރާނީ ގާތިލުންގެ ގޮތުގައި ކަމަށާއި އެމެރިކާއަކީ އުފެދުމުގައި އަނިޔާވެރި ގައުމެއް ކަމަށެވެ.

އުތުރު ކޮރެއާގެ ބަޔާނުގައި އިޝާރާތް ކޮށްފައި އެވަނީ "ހިއުމަން ކާގޯ" ގެ ގޮތުގައި އެފްރިކާއިން ކަނޑުބޯޓުފަހަރުގައި އެމެރިކާއަށް އެތެރެކޮށް އަޅުންގެ ގޮތުގައި ގުލާނު ކުރުވައި ގެންގުޅުނު މީހުންނަށެވެ.