ލިބިއާގައި ހުޅަނގުން ހިންގާ ޖަރީމާތައް ކުށްވެރިކުރާ ކަމަށާއި އެ ގައުމުގެ ބާރު ކަނޑުވާލަން ނޭޓޯއިން ކުރާ މަސައްކަތްތަކާ ވެސް ދެކޮޅު ކަމަށް ރަޝިއާއިން ބުނެފި އެވެ.
ރަޝިއާގެ ފޮރިން މިނިސްޓަރު ސަރުގޭ ލަވްރޯފް ވިދާޅުވީ ހުޅަނގުން ގެންގުޅޭ ދެފުށްކެހެރި ސިޔާސަތުގެ ސަބުން މުޅި ލިބިއާ ހަލާކު ވެއްޖެ ކަމަށާއި ހިޖުރަވެރިންގެ ހާލަތު އިންސާނީ ކާރިސާއަކަށް ވެފައި އެ އޮތީ ނޭޓޯގެ ސަބަބުން ކަމަށެވެ.
ލަވްރޯފް ވިދާޅުވީ ހުޅަނގުން ހާވާފައި އޮތް ހަޑިއެއްގެ ތެރެއަށް މޮސްކޯ ނުވަންނާނެ ކަމަށާއި ހުނޅަގަށް ފަސޭހަ ކޮށްދޭން ރަޝިއާއިން އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ.
ވަޒީރު ވިދާޅުވި ގޮތުން ލީބިއާއާށް ހެޔޮ އެދޭ ކަމަށް ހެދިގެން ތިބެ މުޅި ގައުމަށް ބޮން އަޅައި ގައުމެއްގެ ސިފަ ކަނޑުވާލާފައިވާ ކަމަށާއި ގައިން ތާހިރުވާން ދަންނަ މީހަކު ވެސް ހުޅަނގުގައި ވެރިކަން ނުކުރާ ކަމަށެވެ.
ހިޖުވެރިން އުފެދުނީ ވެސް ނޭޓޯގެ ސަބަބުން ކަމަށާއި ގަވާއިދާ ހިލާފު ބަޔަކަށް ހިޖުރަވެރިން ވީވެސް ނޭޓޯގެ ސަަބަބުން ކަމަށާއި ކަމެއްގެ ތެރެއަށް ވަދެގަންނައިރު ނުކުންނާނެ ގޮތް ވެސް ނޭޓޯއަށް ނޭނގޭ ކަމަށެވެ.
ވަޒިރު ވިދާޅުވީ ހިތާމަކުރައް ވަނީ ނޭޓޯ ކަހަލަ އަމިއްލަ ފައިމައްޗަށް ތެދުވަން ނޭނގޭ ބަޔަކު ދައްކާހާ ވާހަކައެއް އަޑުއަހައި އަމަލުކުރާ ބަޔަކު ވެސް އުޅޭތީ އެވެ. އޭނާ ވިދާޅުވި ގޮތުން ލީބިއާގައި ނޭޓޯއަށް ކުރެވުނުހާ ވެސް ކަމަކީ ކޮންމެ ރައްޔިތަށް ބަޑިއެއް ދީފައި ގަބީލާއަކަށް ހެދުމެވެ.
ލަވްރޯފް ވިދާޅުވީ އެމެރިކާއާ ނޭޓޯއިން 20 އަހަރު އަފްޣާންގައި ހޭވިހަޑިއެއް ހާވާފައި ތާހިރުކުރަން ރަޝިއާ އާއި ޗައިނާއަށް ގޮވާލުމުން އެކަންކޮށްދޭން ދާހާ ސޭކުނޫން ކަމަށާއި އެެރިކާއާ ހުޅަނގުން އުޅެނީ ޖާނު ސަލާމަތްނުވެގެން ކަމަށެވެ.
ވަޒީރު ވިދާޅުވީ ލީބި އާއި އަފްޣާންގައި ވެސް ރަޝިއާއިން އިންވެސްޓްކުރާނެ އެވެ. އަދި އެ އިންވެސްޓްމަންޓްތަކުން އެ ދެގައުމުގެ ރައްޔިތުންނަށް ފައިދާއެއް ވަންދެން ރަޝިއާއީން މަސައްކަތްކޮށްދޭނެ އެވެ.