ދުނިޔެ

އަފްޣާން އާބާދުކުރަން ޖެހޭނީ އެމެރިކާއާ ނޭޓޯ: ޕޫޓިން

ރަޝިއާގެ ރައީސް ލަޑިމިއަރު މޫޓިން ވިދާޅުވީ އަފްޣާނިސްތާން ހަލާ ކުކުރީ އެމެރިކާއާ ނޭޓޯ ކަމަށާއި އާބަދު ކުރަން ޖެހޭނީ ވެސް އެ މީހުން ކަމަށެވެ. އަފްޣާންގައި 20 އަހަރު ހޭދަކޮށް އެމެރިކާ ސިފައިން ފައިބައިގެން ގޮސްފައި ވަނީ މުޅިތަން ސުންނާފަތިކޮށްފައި ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޕޫޓިން ވިދާޅުވީ އަފްޣާން އަލުން ބިނާ ކުރުމަށް ހިނގާ ހުރިހާ ހަރަދެއް ކުރަން ޖެހޭނީ އެމެރިކާއާ ނޭޓޯ ކަމަށެވެ.

"ހަގީގަތުގައި އެހެން ބަޔަކު އެއްވެސް ކަމެއް ކުރާކަށް ނުޖެހޭނެ،" ޕޫޓިން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަފްޣާންގައި ރަޝިއާއިން އިންވެސްޓް ކުރާނެ ކަމަށާއި އެމެރިކާ ވެސް ޒިންމާ ނަގައި އަފްޣާން ބިނާ ކުރަން ޖެހޭނެ ކަމަށެެވެ.

ޕޫޓިން ވިދާޅުވީ އަފްޣާނުން ޓެރަރިސްޓުން ނައްތާލަން ރަޝިއާއިން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދޭނެ ކަމަށާއި އަފްޣާނަކީ ޑްރަގް ނެތް ގައުމަކަށް ވެސް ހަނދަން ޖެހޭ ކަމަށެވެ. އޭނާ އަދި ވިދާޅުވީ ތާލިބާނުންނާ މަޝްވަރާ ކުރައްވާނެ ކަމަށާއި އެހިތެރިވެ ވަޑައިގަންނަވާނީ ދެ ގައުމަށް އެއްބަސްވެވޭ އެއްބަސްވުމަކުން ކަމަށެވެ.

އެމެރިކާއާ ނޭޓޯއިން އަފްޣާން ފަނާކޮށްފައި ދިޔަ ނަމަވެސް ރަޝިއާއާ ބައިވެރިން އަފްޣާނާ މެދު އެގޮތަށް ނުދެކޭނެ ކަމަށް ވެސް ޕޫޓިން ވިދާޅުވި އެވެ.

ޗައިނާއާ އީރާނާއި ތުރުކީ އަދި ގަތަރުން ވެސް އަފްޣާނަށް އެހިތެރިވާނެ ކަމަށް އޮތީ ބުނެފަ އެވެ. ޕާކިސްތާނުން ވެސް މިހާރު ގެންދަނީ ތާލިބާނުންނާ މަޝްވަރާކުރަމުންނެވެ.

ޕާކިސްތާނާ ގަތަރުން ކާގޯ ބޯޓުތައް ކޮންމެ ދުވަހަކުހެން އަފްޣާނަށް މިހާރު ދަތުރުކުރެ އެވެ.