ދުނިޔެ

ރަޝިއާއާ ވާހަކަދެއްކޭނެ ގޮތެއް އެމެރިކާ ހޯދަނީ

ރަޝިއާ އާއި ޔުކްރޭނާ ދެމެދު މިހާރު އުފެދިފައި އޮތް ނުތަނަވަސްކަމުގައި ރަޝިއާއާ މަޝްވަރާ ކުރެވޭނެ ގޮތެއް އެމެރިކާގެ ޕެންޓަގަނުން ހޯދަން ފަށައިފި އެވެ.

ޚަބަރުތައް ބުނާ ގޮތުން ޕެންޓަގަނުން ބޭނުންވަނީ އަސްކަރީ ފެންވަރުގެ މަޝްވަރާތަކެއްގައި ރަޝިއާ ބައިވެރި ކުރުވާށެވެ.

ޕެންޓަގަންގެ ބޭނުމަކީ އެމެރިކާ އާއި ނޭޓޯގެ އުޅަދުފަހަރަށް ޔުކްރޭން ސަރަހަދުގައި އުދުހެވޭނެ ގޮތެއް ހޯދުމެވެ.

ޕެންޓަގަނުން ބުނާ ގޮތުން ރަޝިއާގެ އަސްކަރިއްޔާ އިން ޔުކްރޭން ކޮންޓްރޯލް ކުރަމުން ގެންދިޔަ ނަމަވެސް ނޭޓޯ މަތިންދާބޯޓަކަށް ބޭނުން ޖެހިއްޖެ ހިނދެއްގައި ޔުކްރޭންގެ ވައިގެ ތެރެއަށް ވަދެވޭނެ ގޮތެއް ހޯދަން ޖެހެ އެވެ.

ޕޮލިޓިކޯ ބުނާ ގޮތުން އެމެރިކާ ކުރަން އުޅޭ ކަމެއް ނިކަން ސާފެވެ. އެހެން ނަމަވެސް ރަޝިއާ މިހާރު އޮތް ވިސްނުމުގައި އެކަމަށް އެއްބަސްވާނެ ކަމަކަށް ނުބެލެވެ އެވެ.

ރަޝިއާއާ ވާހަކަދައްކަން ޕެންޓަގަން ބޭނުންވަނީ އެމެރިކާގެ ބޭނުމަކަށް ކަމަށް ވާނަމަ މިވަގުތު އެކަމެއް ނުވާނެ ކަމަށް ވެސް ޕޮލިޓިކޯ ބުނެ އެވެ.

އެމެރިކާ ބުނާ ގޮތުން ރަޝިއާއާ އެކު ސީދާ ދެބަސްވުމަކަށް ދާން ބޭނުމެއް ނުވެ އެވެ. ރަޝިއާއާ ވާހަކަދައިގެން ޔުކްރޭންގެ ހާލަތު ބެލޭވަރަށް އުޅަނދުތައް ބޭނުންކުރެވޭނެ ގޮތެއް ހޯދަން ބޭނުންވާ ކަމަށް ޕެންޓަގަނުން ބުނެ އެވެ.