އެމެރިކާގެ ކުރީގެ ތިން ރައީސަކު އަފްޣާން ރެފިއުޖީންނަށް އެހީތެރިވުމަށް އެއްގަލަކަށް އަރުއްވައިފި އެވެ.
އެބޭފުޅުންނާއެކު އެބޭފުޅުންގެ އަނބިކަނބަލުން އަދި ނުފޫޒުގަދަ ސަޕޯޓަރުން ވެސް ހިމެނެ އެވެ.
ތިން ރައީސުން ގުޅިވަޑައިގެން އެމެރިކާއަށް އެތެރެވާ އަފްޣާން ރެފިއުޖީންނަށް އެހީތެރިވާން އުފައްދަން އުޅޭ އޮގަނައިޒޭޝަނެއް ކަމަށްވާ ވެލްކަމް.ޔޫއެސް އުފެއްދުމަށް ސަޕޯޓް ހޯއްދަވާނެ އެވެ.
ޖޯޖް ޑަބްލިޔު ބުޝް އާއި ބިލް ކްލިންޓަން އަދި ބަރަކް އޮބާމާއާ އެކު ރެފިއުޖީންނަށް އެހިތެރިކަން ހޯދައިދޭން މަސައްކަތްކުރާ ގުރޫޕްތައް ވެސް ބައިވެރިވާނެ އެވެ.
މަޝްރަހު މިހާރު އޮތް ގޮތުން ތާލިބާނުންނަށް ފިލަން ދުނިޔެއަށް ދުއްވައިގަތް އަފްޣާން ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ މީހުން އެމެރިކާއަށް އެތެރެވާނެ އެވެ. އަނެއްކޮޅުން އެމެރިކާ ސިފައިން އަފްޣާންގައި ތިބިއިރު އެހީތެރިވި އަފްޣާން މީހުން ވެސް އެމެރިކާއަށް އެތެރެވާނެ އެވެ. އެމެރިކާ ސަރުކާރުން އޮތީ މިކަމަށް ވައުދުވެފަ އެވެ.
އަފްޣާން އާބާދީއެއް ގޮތުގައި ރެފިއުޖީންގެ ގިނަ އަދަދެއްގެ މީހުން އެމެރިކާގައި ދިރިއުޅެން ފަށާއިރު އިންސާނީ ކާރިސާއަކުން ރައްކާތެރި ކުރުމަށްޓަކައި ކުރިއާލައި މަސައްކަތްތައް ރާވާ ގުރޫޕްތަކުން މިހާރު ވެސް ގެންދަނީ ސަރުކާރަށް އެހީތެރިކަށް ފޯރުކޮށްދެމުންނެވެ.
އާންމު ގޮތެއްގައި ރެފިއުޖީން މެނޭޖުކުރުމަކީ ސަރުކާރަށް ވުރެ ބޮޑަށް ވެލްކަމް.ޔޫއެސް ފަދަ އަމިއްލައަށް ކޮޅަށް ތެދުވެ ތިބޭ ޖަމިއްޔާތަކުން ކުރާ ކަމެކެވެ.
ވެލްކަމް.ޔޫއެސް އުފެއްދުމަށް މަޝްހޫރު ކޮފީ މަރުކާ ސްޓާބަކް އާއި މައިކްރޮސޮފްޓާއި އެމެރިކާގެ ސްޓޭޓް ލީޑަރުން އަދި ހިލޭސާބަހަށް މަސައްކަތްކުރާ ޖިމިއްޔާތަކުން ސަޕޯޓްކުރާނެ އެވެ.
އެމެރިކާ ސިފައިން އަފްޣާނަށް އަރައިގަތީ ބުޝްގެ ޒައާމަތުގައި ސެޕްޓެމްބަރު 11، 2001 ގައެވެ.
އެމެރިކާގެ ވޯލްޑް ޓްރޭޑް ސެންޓަރަށް ޓެރަރިސްޓުން ދިން ހަމަލާއަށް ބަދަލުހިފަން ޓެރަރިސްޓުންގެ ފަހަތުން ދުވެ ގޮސް އެމެރިކާ ސިފައިން އަފްޣާނަށް އެރި ގޮތަށް 20 އަހަރު ވަނީ ބޭކާރުކޮށްފަ އެވެ.