މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން

މަރޮށި ބަނދަރު ހަދަން ހެވީ ފޯސްއަށް

Sep 15, 2021
1

ށ. މަރޮށި ބަނދަރު ހަދަން ހެވީ ފޯސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން މަރޮށި ބަނދަރު ހެދުމުގެ މަޝްރޫއު ހެވީ ފޯސް އާއި ހަވާލުކޮށްފައިވަނީ މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި އެއްބަސްވުމުގައި ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގް ސޮއިކުރެއްވިއިރު އެ ކުންފުނީގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޒަމީރެވެ.

މި މަޝްރޫއުގެ ދަށުން 26،330 ކިއުބިކް މީޓަރުގެ ބަނދަރާއި، ނެރު ފުންކުރުމާއި، ގްރައިން ޖެހުމާއި، ރިވެޓްމެންޓް ޖެހުމާއި 416 މީޓަރުގެ އެއްގަމު ތޮށި ޖެހުން ވެސް ހިމެނެ އެވެ.

މީގެ އިތުރުން ރޭމްޕް ހެދުމާއި، މަގު ބައްތި، ނެވިގޭޝަން ބައްތިި ހަރުކޮށް އަދި 2080 އަކަ މީޓަރުގެ ޕޭވްމެންޓެއް ވެސް ހަދާނެ އެވެ.

މަޝްރޫއުގެ އަގަކީ 43.3 މިލިއަން ރުފިޔާ އެވެ. މިއީ 420 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.