އުމަރު ނަސީރު

އެމްޑީޕީއަށް 2018 އާއި 2023 ވެސް ގެއްލޭނެ: އުމަރު

Nov 28, 2015
6
  • އަންނަ އިންތިހާުބުގައި ނަޝީދުގެ ނަމެއް ނޯންނާނެ
  • ޝާހިދާއި ތަސްމީނު ތިބީ އާފަލް އަތަށް ވެއްޓޭނެ ކަމަށް
  • ލައިލާ އަށް ދިނަސް ކާމިޔާބެއް ނުކުރެވޭނެ

އަންނަ ރިޔާސީ އިންތިހާބުގެ ވޯޓް ކަރުދާހުގައި ރައީސް މުހައްމަދުގެ ނަން ނޯންނާނެ ކަމަށާއި އެމްޑީޕީއަށް 2018 އާއ 2023 ވެސް ގެއްލޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ޗެނަލް ތޭރައި "ނިއުސް ޓޯކް" ގައި މިރޭ ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕްގައި ތިބި ގިނަ ބޭފުޅުންނަކީ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރަން ބޭނުން ނުވާ ބޭފުޅުން ކަމަށާއި ސަބަަބަކީ އެ ބޭފުޅުންނަކީ އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ފައި ނަގައިގެން ތިއްބެވި ބޭފުޅުންނަށްވުން ކަމަށެވެ.

"އެބޭފުޅުން ތިއްބެވީ އެ މަގާމަށް ފައިނަގައިގެން. އެކަމަކު ނަޝީދަކީ ޑިމޮކްރެޓިކް ލީޑަރެއް ނޫން އޭނާ ހުންނަވާނީ ހިފެހެއްޓޭނެ ހުރިހާ އެއްޗެއްގައި ހިފަހައްޓައިގެން އޭނާ އަށް ވެރިކަމަށް ނާދެވެންޏާ އޭނާ ޓިކެޓް ދެއްވާނީ އަނބިކަނބަލުންނަށް" އުމަރު ނަސީރު ވިދާޅުވި އެވެ. "ތަސްމީނާ ޝާހިދު ވެސް ތިބީ އެމީހުންގެ އަތަށް ފުރޮޅޭނެ ކަމުގެ އުންމީދުގައި އެމީހުން އެތިބީ އާފަލް ވެއްޓޭނެ ކަމަށް ބަލައިގެން ގަސްދޮށަށް ވަދެ އތް ދިއްކޮށްގެން! އެކަމަކު ނަޝީދަކީ އާދައިގެ ބޭފުޅެއް ނޫން ނުލިބޭ ކަމަށް ވަންޏާ އަނބިކަނބަލުން އަތަށް ދެއްވާނީ. ތަސްމީނާ ޝާހިދު ގަސްދޮށުގައި ދޮން އަނބު ވެއްޓޭތޯ ތިބި ނަމަވެސް ދެފައިން ވާގި ދާނީ،"

އުމަރު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ނަން ނޯންނާނެކަން ކަށަވަރުކޮށްދެއްވާ ކަމަށާއި ސަބަބަކީ ނަޝީދު މިނިވަން ނުވާނެތީ ކަމަށާއި މިނިވަން ވާން ކުރަންޖެހޭ ކަމަކީ ފަނޑިޔާރަކު ވަގަށް ނަގައި އަސްކަރީ މަރުކަޒެއްގައި 22 ދުވަހު ބެހެއްޓުމަކީ ހުއްދަ ކަމެއްކަން ސާބިތުކޮށް ދެއްވުން ކަމަށާއި އެކަން ނުކުރެއްވޭނެ ކަމަށެވެ.

"އަޅުގަނޑުމެން ކަށަވަރުކޮށްދެން ނޯންނާނެ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދުގެ ނަމެއް. ނަޝީދުގެ އަނބިކަނބަލުން ކުރިމަތި ލައްވާނީ އެކަމަނާ ކުރިމަތިއްލެއްވިޔަސް އެކަމެއް ކާމިޔާބެއް ނުކުރެއްވޭނެ. އެމްޑީޕީއަކަށް މިސަރުކާރު ވައްޓާލެވޭ ވަރުގެ ލީޑަރެއް ނުނެރެވޭނެ، އެދެން ވަރަށް ސާފު ކަމެއް އެވަރުގެ [ރައީސް އަބްދުﷲ ޔާމީން ވަރުގެ] ޖޯޝްހުރި ކެންޑިޑޭޓެއް ނުނެރެވޭނެ. ހަޑި އެއްޗެއް ނޫނގުޅޭ މީހަކުވެސް ނެތް .އެމީހުންނަށް 18 ވެސް، 23 ވެސް ގެއްލޭނެ،" އުމަރު ވިދާޅުވި އެވެ.

ރާއްޖޭގެ ސިޔާސ މަސްރަހުގެ މައްޗަށް އަލި އަޅުވާލައްވާ އުމަރު ވިދާޅުވީ ސިޔާސީ މަސްރަހު ކުރިޔަށް ދަނީ އެމްޑީޕީގެ އުންދަގޫތަކާއެކު އެން ނަމަވެސް އެމްޑީޕީގެ ބާރު ވަރަށް ބޮޑަށް ކުޑަވެ މީހުންގެ އަދަދު މަދުވެ އެމީހުންގެ މަގުބޫލުކަން ވެސް ކުޑަވަމުން ކަމަށެވެ.

"އެހެންވީމާ ސަރުކާރުގެ ކަންކަން ހިންގުމަކަށް އެއްވެސް ދައްޗެއް ނެތް. ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް މިގެންދަނީ ވަރަށް ބާރަށް އެކަން ހުއްޓުވޭތޯ އެމްޑީޕީން މަސައްކަތް ކުރޭ އެކަމަކު ކަންބޮޑުވާވަރުގެ ކަމެއް ކޮށެއް ނުލެވޭ،"

އުމަރު ވިދާޅުވީ އެމްޑީޕީއަށް ވެގެން އުޅޭ ގޮތަކީ އެމީހުންގެ ލީޑަޝިޕް ގެއްލި މަގުސަދު އޮޅި ޑައިރެކްޝަން ވެސް މުޅިން އޮޅުންބޮޅުންވުން ކަމަށާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހިޔާނާތުގެ ވާހަކަ ދައްކަމުން އައި މީހުން އޭނާގެ އަތުން ފައިސާ ނަގާ ޑީލް ހަދާފައިވާ ކަަމަށެވެ.

"އެހެންވީމާ އެމްޑީޕީގެ ސަޕޯޓަރުން ވެސް ފޫހިވެއްޖެ ލީޑަޝިޕް ދެކެ އެއީ ބުނާ ބަހަކާ ދިމައެއް ނުވޭ އެކަން ފެނިގެން މިދިއައީ ވަރަށް ބޮޑު މުޒާހަރާއެއް ރޭވީމާ ދިޔައީ ދެހާހެއްހާ މީހުން އެއީ އެމީހުންގެ ސަޕޯޓަރުންގެ ތެރޭގައި އެމްޑީޕގެ މަގުބޫލަން ކެނޑުން. މި އެނގުނީ އެމީހުން ވެސް ޑީލް ހަދަން ވެއްޖިއްޔާ ކޮންމެ ކޮރަޕްޓް މީހަކާއެކުވެސް ޑީލް ހަދާކަން. މިހާރު މަރުވެފައި ތިބި ބަޔަކު އެމީހުންގެ ސަޕޯޓަރުން ހޭލައްވާ އޮސިޖަންދޭ މަންޒަރު މިފެންނަނީ،"