ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ރާއްޖޭގެ ކޮވިޑް މަރު 230 އަށް

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން އައި މީހަކު ރޭ މަރުވެއްޖެ އެވެ.

ކޮވިޑްގައި މަރުވެފައިވަނީ އުމުރުން 46 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ހުޅުމާލެ މެޑިކަލް ފެސިލީޓީގައި ފަރުވާ ހޯދަމުން އައި މީހެކެވެ.

މިއީ މި މަހުގެ ހަތަރުވަނަ ކޮވިޑް މަރެވެ. އަދި ރާއްޖެއިން ކޮވިޑްގައި މަރުވި 230 ވަނަ މީހާ އެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެ ބަލީގެ އެތައް ބަޔަކު މަރުވި ފަހުން ބަލީގެ ހާލަތު މިހާރު ދަނީ ރަނގަޅު ވަމުންނެވެ.