ދުނިޔެ

ހިފަހައްޓާފައި ހުރި ފައިސާ ދޫކުރަން ތާލިބާނުން ގޮވާލައިފި

އެމެރިކާގެ ނުފޫޒުން ދުނިޔޭގެ ބޭންކްތަކުގައި ތާށި ކޮށްފައި ހުރި އަފްޣާންގެ ފައިސާ ދޫކޮށް ދިނުމަށް އދ. ގައި އަދި ވޯލްޑް ބޭންކްގައި އެދިފައި ވާނެ ކަމަށް އަފްޣާން ޑެޕިއުޓީ މިނިސްޓަރު އޮފް ކަލްޗާ އެންޑް އިންފޮމޭޝަން ޒަބީހުﷲ މުޖާހިދު ވިދާޅު ވެއްޖެ އެވެ.

މުޖާހިދު ވިދާޅުވި ގޮތުގައި އަފްޣާނަށް ބޭނުންވާ އެހީ ހޯދަން ދުނިޔޭގެ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި އެމެރިކާއިން އަަދި އެކައްޗެކޭ ވެސް ނުބުނާ ކަމަށެވެ. އޭނާ ވިދާޅުވީ އުންމީދަކީ އަފްޣާން ބޭނުންތަކަށް އެ ފައިސާ ޖަމާ ކުރުމެވެ.

ޒަބީހުﷲ މުޖާހިދު ވިދާޅުވި ގޮތުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތް ފޯރުކޮށް ދެވޭނީ ފައިސާ ލިބިގެނެވެ. އޭނާ އަދި ވިދާޅުވީ އެއީ އަފްޣާންގެ ފައިސާ ކަމަށާއި ބަޔަކު ދޭ އެހީއެއް ނޫން ކަމަށެވެ.

ދުނިޔޭގެ ބޭނުންކްތަކުގައި ހުރި ފައިސާ އެންމެ ފަސޭހައިން ދޫކޮށް ދެވޭނީ އެމެރިކާއަށް ކަމަށް ވެސް މުޖާހިދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެމެރިކާއިން ބަހެއް ނުބުނާ ނަމަ ދެން ކަންކުރާނެ ސިޔާސަތެއް ވެސް ގެންގުޅުއްވާ ކަމަށެވެ.

ތާލިބާނުންގެ ތަރުޖަމާން ސުހައިލް ޝަހީމް ސެޕްޓެމްބަރު 13 ގައި ވިދާޅުވި ގޮތުން އެމެރިކާއިން ހިފަހައްޓާފައި ހުރި ފައިސާ ދޫނުކޮށްފިނަމަ ޝަރުއީ ބާރުތަކުން އެހީ ހޯއްދަވާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ތާލިބާނުންނަށް އެ މައްސަލަ ދުނިޔޭގެ ކޯޓުތަކަށް އުފުލާނެ އެވެ.