ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 11 ރަށެއް

ކޮވިޑް ބަލި ފެނިގެން އަރާ ފޭބުން އެޗްޕީއޭއިން މަނާ ކޮށްފައިވާ ރަށްތަކުގެ އަދަދު މިހާރު އޮތީ 11 ގަ އެވެ.

މިހާރު މި ލިސްޓުގައި އެންމެ ގިނަ ދުވަހު ބަންދުކޮށްފައި އޮތީ މިދިޔަ މަހު 20 ވަނަ ދުވަހު ބަންދުކުރި ކ. ގާފަރެވެ. މިދިޔަ މަހު ބަންދުކުރި ރަށްތަކުގެ އަދަދު މިހާރު އުޅެނީ ފަހެއްގަ އެވެ. އެއީ ގާފަރުގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން މިމަހުގެ މިހާތަނަށް ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ ހަޔަކަށް ތިރިވެފަ އެވެ. މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ، ކ. ގުޅި، ގއ. ގެމަނަފުށި، އާއި އެ އަތޮޅު މާމެންދޫ، ވިލިނގިލި އަދި ތ. ދިޔަމިލި އެވެ.

ރާއްޖެއިން އިއްޔެ ވަނީ އިތުރު 61 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 84164 އަށް އަރާފަ އެވެ. އިއްޔެގެ ތަފާސްހިސާބުތަކާ ހަވަލާދީ އެޗްޕީއޭން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 24 މީހުނަކީ މާލެ ފިޔަވައި އެހެން ރަށްރަށުން އެ ބަލި ޖެހުނު މީހުނެވެ.