އެމްއެންޑީއެފް

ސުލްތާން މަރުވީ ދުވުމެއް ފުރިހަމަ ކުރަނިކޮށް

އިންޑިއާގައި ތަމްރީން ހަދަމުން ދަނިކޮށް މިއަދު މަރުވި ސިފައިންގެ މީހާ މަރުވީ އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފި އެވެ.

އެމްއެންޑީއެފުން ދެންމެ ބުނީ އިންޑިއާގެ ނޭޝަނަލް ޑިފެންސް އެކަޑެމީގައި އޮފިސަރު ކެޑޭޓް ތަމްރީން ހަރަކާތެއްގައި އުޅެނިކޮށް މިއަދު މެންދުރު ފަހު މަރުވެފައިވަނީ އއ. ހިމަންދޫ ރޯޒްމީޑް ލާންސް ކޯޕަރަލް މުހައްމަދު ސުލްތާނު ކަމަށެވެ. ސުލްތާން މަރުވެގައިޗަަނީ ނޭޝަނަލް ޑިފެންސް އެކެޑެމީގެ ކޭމްޕް ގްރީން ހޯންގައި މިއަދު އެންޑިއުރެންސް ރަންއެއް ފުރިހަމަ ކުރަން އުޅުމުގެ ތެރޭގައި ކަމަށްވެސް ބުންޏެވެ.

"މިއަދު މެންދުރު ފަހު އޮތް މި ދުވުމުގެތެރޭގައި ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ވެއްޓުމުން އިމަޖެންސީގައި 1:58 ގާއިރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ހޮސްޕިޓަލަށް ގެންދެވުނުއިރުވެސް ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ވަނީ ނިޔާވެފައެވެ،"

ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން ސިފައިންގެ ހިދުމަތާއި ގުޅުނީ އޭޕްރީލް 8، 2018 ގައެވެ. އޭނާ މަރުވިއިރު ފުރިހަމަ ކުރަމުން ދިޔައީ މާޗް 1، 2021 އިން މާޗް 15، 2024 އަށް ޕޫނޭ ނޭޝަނަލް ޑިފެންސް އެކަޑަމީގައި ކުރިއަށްދާ 145 ވަނަ އޮފިސަރު ކެޑޭޓް ކޯހެވެ. ކޯހަކަށް ދިއުމުގެ ކުރީން ލާންސް ކޯޕަރަލް މުހައްމަދު ސުލްތާން މަސައްކަތް ކުރަމުން ގެންދިޔައީ އިންޓަގްރޭޓެޑް ހެޑްކްއޯޓާޒް (ޖޭ-1) ގައި ކަަމަށް އެމްއެންޑީއެފުން ބުންޏެވެ. ލާންސް ކޯޕްރަލް ރޭންކު މުހައްމަދު ސުލްތާނަށް ލިބިފައިވަނީ ކޯސް ފުރިހަމަ ކުރަން އިންޑިއާގައި ހުއްޓައެވެ.

އެމްއެންޑީއެފުން ބުނީ ސުލްތާންގެ ހަށިގަނޑު މާލެ ގައުމަށް ސިފައިން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.