އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމުން މެލޭޝިޔާގެ ޔުނިވާސިޓީއަކާއެކު އެއްބަސްވުމެއް

Sep 29, 2021

އިސްލާމީ ޔުނިވާސިޓީ (އައިޔޫއެމް) އާއި މެލޭޝިއާގެ ޔުނިވާސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯ އާއެކު އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

އައިޔޫއެމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެ ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗަންސެލާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާ އެވެ. އަދި ޔުނިވާސިޓީ އިސްލާމް އަންޓަރަބަންގްސާ ސެލަންގޯ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ރެކްޓާ ޕްރޮފެސަރު ޑަޓޯ ޑރ. އަބް ހަލީމް ބިން ތަމުރީ އެވެ.

މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީގެ ދެމުގައި އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދޭނެ އެވެ. ހާއްސަކޮށް އިލްމީ ކަންކަމާއި، ތަމްރީނާއި ދިރާސާތައް ކުރުމުގެ ދާއިރާގައި އެހީތެރިކަން ފޯރުކޮށް ދިނުން ހިމެނެއެވެ.