ކުރިއަށް އޮތް އަހަރުތަކުގެ ތެރޭގައި އިސްލާމިކް ޔުނިވާސިޓީން ހާސިލު ކުރަން ބޭނުންވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެކުލަވައިލި "ސްޓްރެޓެޖިކް ޕްލޭން 2021 - 2025" އިފްތިތާހު ކޮށްފި އެވެ.
ރޭ އިސްލާމިކް ޔުނިވާސިޓީގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ޕްލޭން އިފްތިތާހު ކޮށްދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.
މި ސްޓެރެޓެޖިކް ޕްލޭންއަކީ އިސްލާމިކް ޔުނިވާސިޓީގެ ތަސައްވަރާއި ޔުނިވާސިޓީން މުސްތަގުބަލުގައި ކުރަން ރާވާ މަސައްކަތްތައް ކަނޑައަޅައި ހާސިލްކުރަން ޖެހޭ ލަނޑުދަނޑިތައް އެކަށައެޅުމަށް ފަހު، ތައްޔާރު ކޮށްފައިވާ ފަސް އަހަރުގެ ޕްލޭނެކެވެ.
އައިޔޫއެމްއިން އެންމެ ފުރަތަމަ މިފަދަ ޕްލޭނެއް އެކުލަވާލީ 2014 ވަނަ އަހަރު އަހަރު އެވެ. އެއީ ކުރިން މި ޔުނިވަސިޓީ ކޮލެޖެއްގެ ގޮތުގައި އޮތް ދުވަސްވަރު އެވެ. އޭރު ސްޓެރެޓެޖިކް ޕްލޭން އެކުލަވާލީ 2015 އިން 2020 އަށެވެ.