ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އެޗްޕީއޭގެ ބަންދުގައި 16 ރަށެއް

ކޮވިޑް ބަލި ފެނިގެން އަރާ ފޭބުން އެޗްޕީއޭއިން މަނާ ކޮށްފައިވާ ރަށްތަކުގެ އަދަދު މިހާރު އޮތީ 16 ގަ އެވެ.

މި ލިސްޓުގައި އެންމެ ގިނަ ދުވަހު ބަންދުކޮށްފައި އޮތް ރަށުގެ ގޮތުގައި މިހާރު އޮތީ މިދިޔަ މަހު 20 ވަނަ ދުވަހު ބަންދުކުރި ކ. ގާފަރެވެ.

މިދިޔަ މަހު ބަންދުކުރި ރަށްތަކުގެ އަދަދު މިހާރު އުޅެނީ ފަހެއްގަ އެވެ. އެއީ ގާފަރުގެ އިތުރުން އައްޑޫ ސިޓީގެ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، އަދި ފޭދޫ އެވެ.

ކޮވިޑް ފެނިގެން މިމަހުގެ މިހާތަނަށް ބަންދުކޮށްފައިވާ ރަށްތަކުގެ އަދަދު ވަނީ 11 އަށް އިތުރުވެފަ އެވެ. މިހާރު މޮނިޓަރިންގައި އޮތީ ސ. ހުޅުމީދޫ، ގއ. ގެމަނަފުށި، ގއ. މާމެންދޫ، ގއ. ވިލިނގިލި، ގއ. ކޮލަމާފުށި، ތ. ދިޔަމިގިލި، ށ. މާއުނގޫދޫ، ފ. ނިލަންދޫ، ނ. ވެލިދޫ، އދ. މަހިބަދޫ އަދި އެ އަތޮޅު އޮމަދޫ އެވެ.

ރާއްޖެއިން އިއްޔެ ވަނީ އިތުރު 141 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފަ އެވެ. އިއްޔެ ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 84720 އަށް އަރާފަ އެވެ. އިއްޔެގެ ތަފާސްހިސާބުތަކާ ހަވަލާދީ އެޗްޕީއޭން ރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 108 މީހުނަކީ މާލެ ފިޔަވައި އެހެން ރަށްރަށުން އެ ބަލި ޖެހުނު މީހުނެވެ.