ހަބަރު

ބޮޑެތި ކުށްތައް 24 ޕަސެންޓަށް ދަށް ކުރެވިއްޖެ: މިނިސްޓްރީ

Nov 30, 2015

ރާއްޖޭގެ އަމަން އަމާން ކަމުގެ ހާލަތަށް ދެ އަހަރުގެ ތެރޭގައި ބަދަލެއް ގެނެވި ކުށްކުރުމުގެ ރޭޓް 16 ޕަސެންޓަށް ދަށްކުރެވިފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ބުނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރު ނިމުުއިރު ރާއްޖޭގައި ކުށްކުރުމުގެ ރޭޓް 16 ޕަސެންޓަށް ދަށް ކުރެވިފައި ކަމަށާއި ނަމަވެސް އެއީ މި ސަރުކާރުން ހިތްހަމަޖެހޭ އަދި ހިތްހަމަ ޖައްސާލައިގެން ތިބޭނެ އަދަދެއް ނޫން ކަމަށެވެ.

"އެއީ މާބޮޑު އަދަދެއް ނޫން، ބޭނުންވޭ އެއަށްވުރެ މައްޗަށް އެ ނިސްބަތް ގެންދަން އެކަމަކު ރިކޯޑްތަކުން ދައްކަނީ ކުށްކުރުން 16 ޕަސެންޓަށް ދަށް ކުރެވުނު ކަމަށް،"

ހިސާބުތަކާ ހަވާލާދީ މިނިސްްޓްރީން ބުނީ ރާއްޖޭގައި ބޮޑެތި ކުށްތައް ކުރުމާއި ވަޅި ހެރިމާއި ތުނޫ ހަތިޔާރު ބޭނުން ކޮށްގެން ކުރާ ކުށްތައް 24 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށާއި މީހުން މެރުމުގެ ކުށްތައް ވެސް 50 ޕަސެންޓަށް ދަށް ކުރެވިފައިވާ ކަމަށެވެ.
އަދި ބުނީ ރައީސް ޔާމީން ސަރުކާރާ ހަވާލު އިރަށްވުރެ ބޮޑުތަނުން ރާއްޖޭގައި އަމަންކާންކަން ރަނގަޅު ކުރެވިފައިވާ ކަމަށާއި ސަރުކާރުގެ އަމާޒަކީ ރައީސް ޔާމީންގެ އިގްތިސޯދީ ސިޔާސަތު ކުރިޔަށް ގެންދެވޭނެ ގޮތަށް އިގްތިސޯދަް ފަހި އަމާން މާހައުކެއް ރާއްޖޭގައި ގާއުމު ކުރަން ކަމަށެވެ.