އެލައިޑް އިންޝުއަރެންސް

ލިވިން އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް

ގެދޮރުވެރި ކަމަށް ހާއްސަ، މޯލްޑިވްސް ލިވިން އެކްސްޕޯގެ އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް ހަމަޖައްސައިފި އެވެ.

މި އެއްބަސްވުމުގައި ސޮއި ކޮށްފައި ވަނީ މިދިޔަ އަންގާރަ ދުވަހު ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބޭއްވުނު ރަސްމިއްޔާތެއްގަ އެވެ.

އެލައިޑްގެ އިތުރުން 12 ޕާޓްނަރުންނާއި އެކުގައި ލިވިން އެކްސްޕޯގެ އެކި ކަންކަމުގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފަ އެވެ.

ލިވިން އެކްސްޕޯ އިންތިޒާމް ކުރަނީ ހައިރައިސް ޕްރައިވެޓް ލިމިޓެޑުންނެވެ.

މިއީ ހައިރައިސް އިން އެކްސްޕޯ ބާއްވާ ނުވަވަނަ އަހަރެވެ. މިފަހަރު އެކްސްޕޯ ބާއްވަން ނިންމާފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގަައި ނޮވެމްބަރު 18 އިން 20 އަށެވެ.

ހައިރައިޒްއިން ބުނީ މި އަހަރުގެ އެކްސްޕޯ ވާނީ ރިއަލް އެސްޓޭޓްގެ ދާއިރާއިން މި ސަރަހައްދުގައި ފާހަގަކޮށްލެވޭ ކުންފުނި ތަކާއި، އިމާރަތް ތަކާއި ދިރިއުޅުމަށް ބޭނުން ވާނެ ހިދުމަތްތަކާއި އެހެންނިހެން ތަކެތީގެ ވިޔަފާރިތައް އެއްތަނަކަށް ގެނެސް ފުރިހަމަ ކުރެވިފައިވާ އެކްސްޕޯއަކަށް ކަމަށެވެ.