ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްއީއޯސީ

އެޗްއީއޯސީގައި މަސައްކަތް ކުރަން ފުރުސަތު ހުޅުވާލައިފި

Oct 11, 2021

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ވޮލަންޓިއާކޮށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފި އެވެ.

އެޗްއީއޯސީން މިއަދު ކޮށްފައިވާ އިއުލާންގައި ފުރުސަތު ހުޅުވާލީ މާލެ ސަރަހައްދުގައި ވޮލަންޓިއާކޮށް މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށެވެ.

މަސައްކަތަށް ކުރިމަތިލާ މީހުންގެ ދަފްތަރެއް އެކުލަވާލުމަށްފަހު އެ މީހުންނަށް ހާއްސަ ތަމްރީން ތަކެއް ދިނުމަަށް އެޗްއީއޯސީން ނިންމާފައިވެ އެވެ.

ތަމްރީން ފުރިހަމަ ކުރާ މީހުންގެ ތެރެެއިން އެ ވަގުތަކަށް ބޭނުންވާ އަދަދަކަށް އެ ސެންޓަރުގެ މަސައްކަތްތަކަށް މީހުން ނަގާނެ ކަމަށް ސެޓަރުން ބުނެ އެވެ.

އެޗްއީއޯސީގައި މަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ފުރިހަަމަ ކުރަންޖެހޭ ހާއްސަ ރަޖިސްޓްރޭޝަން ފޯމެއް ސެންޓަރުން ލިބޭނެ އިންތިޒާމު ވެސް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

ވޮލަންޓިއާކޮށް މަސައްކަތް ކުރުމަށް މީގެކުރިން ވެސް ފުރުސަތު ހުޅުވާލުމުން އާންމުންގެ ފަރާތުން ވަރަށް ރަނގަޅު ތަރުހީބެއް ލިބިފައިވާ ކަމަށްވެސް އެޗްއީއޯސީން ބުނެ އެވެ.