ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19 އިގެ މަރުތައް

ކޮވިޑްގައި ތިނަދޫން މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ގދ. ތިނަދޫން މަރުވެއްޖެ އެވެ

ތިނަދޫގެ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ މަރުވެފައި ވަނީ އުމުރުން 84 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. އެނާ މަރުވީ ރޭ ފަތިހު 5:21 ގައި ކަމަށެވެ.

މަރުވެފައިވަނީ ގއ. ގެމަނަފުށިން ކޮވިޑު ބަލި ޖެހިގެން އިތުރު ފަރުވާއަށް ތިނަދޫ ކޮވިޑު ފެސިލިޓީއަށް ގެންދިޔަ މީހެކެވެ.

މިއީ މި މަހު އައި ހަތަރުވަނަ ކޮވިޑް މަރެވެ. އަދި ތިނަދޫން މަރުވި ފަސް ވަނަ މީހާ އެވެ. މި އާއެކު ރާއްޖެއިން ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 235 އަށް އަރާފަ އެވެ.

ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެ އެ ބަލީގައި އެތައް ބަޔަކު މަރުވި ފަހުން ބަލީގެ ހާލަތު މިހާރު ދަނީ ރަނގަޅު ވަމުންނެވެ. ކޮވިޑް ބަލީގައި ހާލު ދެރަވެގެން ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ މީހުންގެ އަދަދު ވެސް މިހާރު ވަނީ ދަށްވެފަ އެވެ.