ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ގދ. ތިނަދޫ

ކުޑަކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނޫން

ގދ. ތިނަދޫގައި މިއަދު މަރުވި ކުޑަ ކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނޫން ކަމަށް ކަނޑައަޅައިފި އެވެ.

ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ މިއަދު ފަތިހު މަރުވި ތިން މަހުގެ ފިރިހެން ކުއްޖާގެ މަރަކީ ކޮވިޑް މަރެއް ނޫން ކަަމަށް ހޮސްޕިޓަލުން ނިންމާފައިވާ ކަމަށެވެ.

އެ ކުއްޖާ މަރުވީ ތިނަދޫގެ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށާއި މިއަދަކީ އެ ކުއްޖާ ފެސިލިޓީން ރިލީޒް ކުރަން ނިންމާފައިވާ ދުވަސް ކަަމަށެވެ.

ތިނަދޫގައި ފެސިލިޓީގައި ފަރުވާދެމުންދާ މީހަކު މަރުވުމުން ޓެސްޓު ނުކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި މިއަދު ކުއްޖާ ދޫކޮށްލަން ހަމަޖެހިފައިވުމާއި ފާއިތުވެދިޔަ ތިން ދުވަހު ކޮވިޑްގެ އަލާމާތެއް ކުއްޖާގެ ގައިިިން ފެންނަން ނެތުމުން އެއީ ކޮވިޑް މަރެއް ނޫން ކަމަށް ކަނޑައެޅީއެވެ.

ކުއްޖާ މަރުވި ސަބަބު ދެނެގަނެވިފައިވޭތޯ ސުވާލުކުރުމުން އޮފިޝަލް ވިދާޅުވީ އެކަން ބަލަމުންދާ ކަމަށެވެ.