އެލައިޑް އިންޝުއަރެންސް

ދަތުރުމަތީގައި ޕާސްޕޯޓު ގެއްލުމުން ހަދާނީ ކިހިނެއް؟

Oct 19, 2021

ކޮރޯނާވައިރަހާ ހެދި ގާތްގަނޑަކަށް ދޮޅު އަހަރެއްގެ މަޑުޖެހުމަކަށް ފަހު ދުނިޔޭގެ ދަތުރުފަތުރުގެ ހަރަކާތްތައް އަލުން ފަށާފައިވާ އިރު، ދިވެހީން ވެސް ރަށު ބަންދުން ވީއްލި ދުނިޔެ ވަށައި ބުރު ޖަހަމުން އެބަ ދެއެވެ. ބައިނަލްއަގުވާމީ ދަތުރުފަތުރަކީ ޕާސްޕޯޓެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓަކާ ނުލައި ހިނގާނެ ކަންކަމެއް ނޫނެވެ. އެއް ގައުމުން އަނެއް ގައުމަށް ދަތުރުކުރާ އިރު ޕާސްޕޯޓަކީ އެންމެ މުހިންމު އަދި އެންމެ އަގުބޮޑު މުދަލެވެ. އެޔާ ނުލައި ބޯޑަރުތައް ހުރަހެއް ނުކުރެވޭނެ އެވެ.

މިސާލީ ހާލަތަކަށް ބަލާލަމާ ހެއްޔެވެ. ޗުއްޓީއަށް ރާއްޖެ އިން ބޭރަށް ގޮސް އުޅެނިކޮށް ޕާސްޕޯޓު ގެއްލުމަކީ ގިނަ ގޮތްގޮތުން އެތައް ކަމެއް ގެއްލުމެވެ. ފިކުރު ކޮށް ހަދާނެ ގޮތެއް ނޭނގި ވަގުތު ގެއްލުމެވެ. އެނބުރި ރާއްޖެ އައުމަށް އެމަޖެންސީ ޕާސްޕޯޓެއް ނުވަތަ ޓްރެވަލް ޑޮކިއުމެންޓެއް ހެދުމަށް ހޭދަވާ އިތުރު ހަރަދެވެ. މިހެން ގޮސް އުނދަގޫވެ، ކަންބޮޑުވާންޖެހޭ ފަދަ ހާލަތެކެވެ.

އެލައިޑް އިންޝުއަރަންސްގެ ޓްރެވަލް އިންޝުއަރަންސް "ޓްރެވެލާސް" ގެ އެންމެ ބޭސިކް ކަވަރޭޖުގައި ވެސް ޕާސްޕޯޓު ގެއްލުމުން ނުވަތަ ޕާސްޕޯޓު ވަގަށް ނަގައިފި ހާލަތެއްގައި އެކަމުގެ ބަދަލު ލިބޭނެ އެވެ. ދަތުރުމަތީގައި ޕާސްޕޯޓު ގެއްލިއްޖެނަމަ ނުވަތަ ވަގަށް ނަގައިފިނަމަ އެންމެ ފުރަތަމަ ވެސް އަވަސްވެ ގަންނަން ޖެހޭނީ އެކަން އެތަނެއްގެ ފުލުސް އޮފީހަކަށް އަންގާށެވެ. އަދި އެލައިޑް އިންޝުއަރަންސްގެ ޓްރެވަލް އިންޝުއަރެންސަށް ނަގާފައިވާ ނަމަ ކުންފުންޏަށް އެކަން އަންގާށެވެ.

ޓްރެވެލާސްގެ ޕާސްޕޯޓު ކަވާގެ ދަށުން ލިބޭ މައިގަނޑު ފައިދާއަކީ ޕާސްޕޯޓު ގެއްލުން ނުވަތަ ވަގަށް ނެގުމާ ގުޅިގެން އެމަޖެންސީ ޕާސްޕޯޓެއް ނުވަތަ ޓްރެވަލް ޑޮކިއުމަންޓެއް ހެދުމަށް ދާ ހަރަދުގެ އިތުރުން، ޑޮކިއުމަންޓް ހެދުމަށްޓަކައި ދާންޖެހޭ ވުޒާރާތަކަށް ދިއުމަށް ޚަރަދުވާ ދަތުރުފަތުރުގެ ހަރަދު ތަކަށް ވެސް ބަދަލު ލިބުމެވެ. ނަމަވެސް ކަސްޓަމްސް ނުވަތަ އެހެން ތަންފީޒީ އިދާރާއަކުން ޕާސްޕޯޓު އަތުލުމާއި، އެފަރާތަކުން ހިންގާ ތަހުގީގަކާ ގުޅިގެން ލިބޭ ގެއްލުންތައް ޕޮލިސީން ކަވަރެއް ނުކުރާނެ އެވެ.

އިންޝުއަރަންސަކީ އަމިއްލަ ޒިންމާތަކަކާ ވެސް އެކުގައި ލިބޭ ހިދުމަތެކެވެ. ޕާސްޕޯޓު ގެއްލިއްޖެ ނަމަ ވެސް އަމިއްލައަށް އަދާކުރަންޖެހޭ ޒިންމާތަކެއް ވެއެވެ. އެގޮތުން ހަނދާން ނެތި ޕާސްޕޯޓު ބާއްވާފައި ދިއުމުން ގެއްލުން ފަދަ ކަންކަމަކީ ޕޮލިސީން ކަވަރުކުރާ ކަންކަމެއް ނޫނެވެ. އަދި ޕާސްޕޯޓު ގެއްލުމުން 24 ގަޑިއިރު ތެރޭގައި އެކަން ފުލުހަށް އެންގުމަކީ ވެސް ބޮޑު ފަރުދީ މަސްއޫލިއްޔަތެކެވެ. ޕާސްޕޯޓުގެ ރައްކާތެރިކަމަށާއި އެ ގެއްލުނަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަންވާނެއެވެ.

މީގެ އިތުރުން އެމަޖެންސީ ޕާސްޕޯޓު ހެދުމަށާއި, ޕާސްޕޯޓެއް ނެތުމުގެ ސަބަބުން އަތުން ދާ އިތުރު ހަރަދުތަކުގެ ރަސީދުތަކަކީ ޕޮލިސީގެ ދަށުން އެލައިޑަށް ހުށަހަޅަންޖެހޭ ތަކެތި ކަމަށް ވާތީ އެތަކެތި ރައްކާތެރިކޮށްފައި ބެހެއްޓުމަކީ ވެސް ސަމާލުކަން ދޭންޖެހޭ މުހިންމު ޒިންމާއެކެވެ.

ޕާސްޕޯޓަކީ ދައުލަތްތަކުން ރައްޔިތުންނަށް ދޫކުރާ، ދައުލަތުގެ އަގުބޮޑު މުދަލެކެވެ. އެހެންކަމުން ދަތުރުމަތީގައާއި ޕާސްޕޯޓު ބޭނުންކުރާ އެހެން ހާލަތްތަކުގައި ވެސް ޕާސްޕޯޓުގެ ރައްކާތެރިކަމަށް ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދޭންވާނެއެވެ.