ކުޅިވަރު

ބޯޅައިގައި ނުޖެހި މެޗު ނިންމި ކުޅުންތެރިޔާ

ފުޓްބޯޅަ ކުޅުންތެރިއަކު ބޯޅައިގައި ނުޖެހި ފުޓްބޯޅަ މެޗެއް ނިންމާލުމަކީ ގިނަ ބަޔަކަށް ގަބޫލު ކުރަން ދަތިވާނެ ކަމެކެވެ.

މިއީ ވުމަށް ވުރެ ނުވުން ގާތް ކަމެއް ނަމަވެސް އެފްރިކާގެ ކުޅުންތެރިއަކު ވަނީ މެޗުގެ 90 މިނެޓު ކުޅުނު އިރު ވެސް ބޯޅައިގައި ނުޖެހި ރެކޯޑެއް ހަދާފަ އެވެ. މި ރެކޯޑު ހަދާފައި ވަނީ ޒިމްބާބޭގެ ތޯމަސް ސްވެސްވެ ލަންގޫ ނަމަކަށް ކިޔާ ކުޅުންތެރި އެކެވެ.

ތޯމަސް އަކީ ސައުތު އެފްރިކާ ލީގުގައި މޭނިން ރޭންޖާސްގެ އިތުރުން ވިޓްސް، ކައިޒާ ޝެފްސް އަދި ބްލެކް ލެޕާޑްސްއަށް ވެސް ކުޅުނު ޑިފެންޑަރެކެވެ. މީގެ އިތުރުން ޒިމްބާބޭގެގެ ހައިލޭންޑާސް، ޑައިނަމޯސް އަދި ޒެޑްޕީސީ ކަރީބާއަށް ވެސް ތޯމަސް ކުޅުނެވެ.

ކައިޒާ ޝެފްސްއަށް ކުޅުނު މެޗެއްގައި ތޯމަސް ވަނީ ބޯޅައިގައި ފައި ނުޖައްސައި މެޗުގެ 90 މިނެޓް ފުރިހަމަކޮށް ރެކޯޑު ހަދާފަ އެވެ. މިއީ ފުޓްބޯޅަ ކުޅުންތެރިއަކު ހެދި އެންމެ ތަފާތު އެއް ރެކޯޑެވެ.

ތޯމަސް ފުޓްބޯޅައިން ރިޓަޔާ ކުރީ 35 އަހަރުގައި 2017 ވަނަ އަހަރު އެވެ. މިހާރު އުމުރުން 38 އަހަރުގެ ތޯމަސް އެންމެ ފަހުން ކުޅުނީ ޒިމްބާބޭގެ ޒެޑްޕީސީ ކަރީބާ އަށެވެ.