ކްރިކެޓް

ތަށި ހޯދުމަށްފަހު ރޯހިތާއި ވިރާތު ރިޓަޔާކޮށްފި

ކްރިކެޓް ޓީމުގެ ކެޕްޓަން، ރޯހިތު ޝަރްމާއާއި ވިރާތު ކޮލީ
0%
0%
0%

ކްރިކެޓް ވޯލްޑް ކަޕްގައި އިއްޔެ ބޭއްވި ފައިނަލް މެޗް އިންޑިއާ ކަމިޔާބުކޮށް، ތަށި ހޯދުމަށްފަހު ޓީމުގެ ކެޕްޓަން ރޯހިތު ޝަރްމާއާއި ވިރާތު ކޮލީ ރިޓަޔަމަންޓް އިއުލާންކޮށްފި އެވެ.

އިންޑިއާ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރުމަށްފަހު ކުޑައިރުކޮޅެއްގެ ތެރޭގައި ވިރާތު ވަނީ އޭނާގެ ރިޓަޔަމެންޓް އިއުލާންކޮށްފަ އެވެ.

"ދެން އޮތީ ކުރިއަށް އޮތް ޖީލު ކުރިއެރުވުން. މެޗުން ބަލިވި ނަމަވެސް މި އިއުލާން ކުރަން ހުރީ،" ވިރާތު ބުނެފަ އެވެ.

އިންޑިއާގެ ކެޕްޓަން ރޯހިތުގެ ރިޓަޔަމަންޓް އިއުލާން ކުރީ މެޗު ކާމިޔާބު ކުރުމަށްފަހު ބޭއްވި ޕްރެސް ކޮންފަރެންސް ގައެވެ.

"އަލްވަދާއު ކިޔުމަށް މިއަށްވުރެ ފުރިހަމަ ވަގުތެއް ނެތް. މިއީ އަހރެން ބޭނުންވި ގޮތް. އަހރެން ބޭނުންވީ ތަށި ހޯދަން،" ރޯހިތު ބުންޏެވެ.

ކްރިކެޓް ޓީމުގެ ރޯހިތު ޝަރްމާއާއި ވިރާތު ކޮހްލީ

އިންޑިއާގެ ކްރިކެޓް ޓީމުން ހޯދި ޝަރަފްވެރި ކާމިޔާބާ ގުޅިގެން އިންޑިއާގެ ރައްޔިތުން ގެންދަނީ ވަރަށް ބޮޑަށް އުފާކޮށް ކުޅުންތެރިންނަށް ބަތަލުންގެ ޝަރަފު ދެމުންނެވެ.

އިންޑިއާގެ ޓީމަށް މަރުހަބާ ކިޔަމުންދާ ތަރިންގެ ތެރޭގައި އިންޑިއާގެ އެންމެ އިސް ސިޔާސީ ބޭފުޅުންނާއި ބޮލީވުޑްގެ އޭ ލިސްޓް ތަރިންވެސް ހިމެނެ އެވެ. މިގޮތުން ވިރާތުގެ އަންހެނުން އަނުޝްކާ ޝަރްމާ ވެސް ވަނީ އިންސްޓަގްރާމްގައި މެޗުގެ ފޮޓޯއެއް ޕޯސްޓުކޮށް އޭނާގެ އިހްސާސްތައް ބަންޑުންކޮށްލާފަ އެވެ.

"މިވަގުތު އިންޑިއާގެ އެންމެންނަށްވެސް މިކުރެވެނީ އެއް އިހުސާސެއް. މިއީ ހަގީގީ ޗެމްޕިއަނުންނަކީ" އަނިލް ކަޕޫރު ބުނެފައިވެ އެވެ.

ވިރާތުގެ ރިޓަޔަމަންޓާ ގުޅިހެން ހިތާމަކުރާކަން ފާހަގަކޮށް ވިވެކް އޮބެރޯއީ ކުރި ޕޯސްޓެއްގައި ބުނެފައިވަނީ އެފަދަ މޮޅު ކުޅުންތެރިޔަކު ރިޓަޔާކުރުމުގެ ސަބަބުން މޮޅުވިޔަސް ބަލިވިކަމުގެ އިހްސާސް އޭނާއަށް ކުރެވޭ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910