މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެނަކަށް އަނިޔާކުރި ފިރިހެނަކު ހައްޔަރުކޮށްފި

Oct 22, 2021

އަންހެނަކަށް އަނިޔާކުރި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ 19 އަހަރުގެ އަންހެނަކަށް އަނިޔާކުރި މައްސަލައެއް ރޭ މެންދަމު އެ ހިދުމަތަށް ރިޕޯޓް ކުރެވުނު ކަމަށެވެ.

އެ މައްސަލައާ ގުޅިގެން 19 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މައްސަލައިގެ މާބޮޑު ތަފްސީލެއް ނުދީ ފުލުހުން ބުނީ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

އަޑުފެތުރުނު ގޮތުން އެ ފިރިހެން މީހާ ވަނީ އަންހެން މީހާ ރަހީނުވެސް ކޮށްފައެވެ. ނަމަވެސް ފުލުހުން ބުނީ އެފަދަ ކަމެއް ފާހަގަ ކުރެވިފައިނުވާ ކަަމަށެވެ.