ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ބޯޑަށް ޑިރެކްޓަރުން ހޮވައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް ބޭފުޅުން ހޮވައިފި އެވެ.

ބޯޑަށް އާ ޑިރެކްޓަރުން ހޮވާފައިވަނީ މިއަދު ހެނދުނު ބޭއްވި ހާއްސަ އާންމު ޖަލްސާއެއްގަ އެވެ.

ޖަލްސާގައި ސަރުކާރުގެ ފަރާތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް ހޮވީ އައިޝަތު ސަޖްނީ އެވެ. އަދި އާންމު ހިއްސާދާރުންގެ ފަރާތުން އަބްދުﷲ ނަސީމް ވެސް ބޯޑަށް ހޮވާފަ އެވެ.

ސަރުކާރުގެ ފަރާތުން ބޯޑަށް ނަން ހުށަހެޅި ފަރާތްތަކުގެ ތެރެއިން ބީއެމްއެލް ބޯޑަށް މީގެކުރިން އައްޔަންކުރި އިތުރު ޑިރެކްޓަރުންނަކީ އާއިޝަތު ނޫރައްދީން، ޔޫޝައު ސައީދު، ޖުވައިރިޔާ ސައީދު، އަބްދުﷲ ހަސަން، އަބްދުﷲ ހުސާމް ޝަރީފް، މުހައްމަދު ޝަރާހް އަދި އާއިޝަތު ސަޖްނީ އެވެ. އަދި ބީއެމްއެލްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޓިމޭތީ ސޯޔާ ވަނީ އައްޔަންކޮށްފަ އެވެ.

އާންމު ހިއްސާދާރުންގެ ފަރާތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑަށް އިންތިހާބުކޮށްފައިވާ އިތުރު ޑިރެކްޓަރުންނަކީ އިބްރާހީމް މުހައްމަދު، އަހްމަދު މުހައްމަދު އަދި އަބްދުﷲ ނަސީމް އެވެ.