ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

ތިންވަނަ ޑޯޒް 1000 އަށް ވުރެ ގިނަ މީހުން ޖަހައިފި

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް -- ބޫސްޓާ ޑޯޒް -- 1000 އަށް ވުރެ ގިނަ މީހުން ޖަހައިފި ކަމަށް ހެލްތު ފްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭއިން އާންމުކޮށްފައިވާ ކޮވިޑް ވެކްސިންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު މީހާތަނަށް 394،099 މީހުން ކޮވިޑްގެ ފުރަތަމަ ޑޯޒް ހަމަކޮށްފަ އެވެ. އަދި 354،759 މީހުން ވަނީ ދެވަނަ ޑޯޒް ފުރިހަމަކޮށްފަ އެވެ.

ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒް އެޗްޕީއޭއިން ޖަހަން ފަށާފައިވަނީ މި މަހުގެ ހަތަރަކުން ފެށިގެނެވެ. އެއީ 60 އަހަރުން މަތީގެ މީހުންނާއި ދިފާއީ ނިޒާމު ބަލިކަށި މީހުންނާއި ފްރަންޓް ލައިންގައި މަސައްކަތް ކުރާ ސިއްހީ މުވައްޒަފުން އެކަންޏެވެ. މިހާތަނަށް އެ ވެކްސިން ޖަހާފައިވަނީ 1577 މީހުނެވެ. ތިންވަނަ ޑޯޒެއްގެ ގޮތުގައި ދެނީ ފައިޒާ ވެކްސިނެވެ.

ތިންވަނަ ޑޯޒް ޖަހަން ޝަރުތު ހަމަވާ ފަރާތްތަކަށް ހެނދުނު 9:00 އިން މެންދުރު 2:00 އަށް އޭޑީކޭ ހޮސްޕިޓަލުންނާއި ހުޅުމާލެ ހޮސްޕިޓަލުން ވެކްސިން ޖެހޭނެ އެވެ. އަދި ހެނދުނު 10:00 އިން މެންދުރު 12:00 އަށް ވިލިމާލެ ހޮސްޕިޓަލުން ވެސް ތިންވަނަ ޑޯޒް ޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެ އެވެ.

ވެކްސިން ޖަހަން ދާން ޖެހެނީ އެޗްޕީއޭގެ ވެކްސިން އެޕޮއިންޓްމެންޓް ހައްދައިގެނެވެ.