މިނިސްޓްރީ އޮފް ހެލްތު

20 ރަށަކަށް އެމްބިއުލާސް ފޮނުވައިފި

Oct 31, 2021

އަތޮޅުތަކުގެ ރަށްރަށުގައި ހުރި ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ބޭނުން ކުރުމަށް 20 އެމްބިއުލާންސް ފޮނުވައިފި އެވެ.

ހެލްތު މިނިސްޓްރީ އިން އެމްބިއުލާންސްތައް ފޮނުވާފައި ވަނީ އިއްޔެ އާއި ރޭގަ އެވެ. އެސްއެސްޓީއޯ މެދުވެރިކޮށް ގެނެސްފައިވާ މި އެމްބިއުލާންސްތައް ފޮނުވައިދީފައި ވަނީ ވެސް އެ ކުންފުނިންނެވެ.

އެމްބިއުލާންސް ފޮނުވި ރަށްތަކަކީ ހއ. އުލުގަން، ހއ. ފިއްލަދޫ، ހދ. މަކުނުދޫ، ހދ. ނޮޅިވަރަމް، ށ. ފޯކައިދޫ، ނ. މިލަދޫ، ނ. ހެނބަދޫ، ރ. އިނގުރައިދޫ، ޅ. ކުރެންދޫ، ބ. ތުޅާދޫ، ކ. ހުރާ، އދ. ދަނގެތި، ފ. ބިލެއްދޫ، ތ. މަޑިފުށި، ލ. މާމެންދޫ، ގއ. ގެމަނަފުށި، ށ. މަރޮށި، ތ. ގާދިއްފުށި، ބ. ކުޑަރިކިލު އަދި އއ. ތޮއްޑޫ އެވެ.

މިއީ މިދިޔަ ޖޫން މަހު އެސްޓީއޯއާއެކު ސޮއި ކުރި އެއްބަސްވުމެއްގެ ދަށުން ގެނައި ފުރަތަމަ ޝިޕްމަންޓްގެ އެމްބިއުލާންސް ތަކެވެ. ޖުމްލަ 96 އެމްބިއުލާންސް ގެންނަން އެސްޓީއޯއާއެކު ސޮއި ކޮށްފައި ވެއެވެ. މި އަހަރު ނިމުމުގެ ކުރިން 60 އެމްބިއުލާންސް ރަށްރަށަށް ފޮނުވޭނެ ކަމަށް ހެލްތް މިނިސްޓްރީއިން ކުރިން ވަނީ ބުނެފަ އެވެ.