މިނިސްޓްރީ އޮފް ހެލްތު

ޖަޕާނުން ހަ ރަށަކަށް އެމްބިއުލާންސް ދީފި

އެމްބިއުލާންސްތައް ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ރަށެއްގެ ހޮސްޕިޓަލަށް ރަމްޒީ ގޮތުން އެމްބިއުލާންސް ހަވާލުކޮށްދެއްވަނީ -- ފޮޓޯ: ހެލްތު މިނިސްޓްރީ
0%
0%
0%

ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހަދިޔާކުރި އެމްބިއުލާންސްތައް ހެލްތު މިނިސްޓްރީން ރަށްރަށަށް ހަވާލުކޮށްފި އެވެ.

ޖަޕާނުން ރާއްޖެއަށް އަށް އެމްބިއުލާންސް ހަދިޔާކުރި އެވެ.

ހއ. ހޯރަފުށި ހެލްތު ސެންޓަރާއި ހއ. ކެލާ ހެލްތު ސެންޓަރާއި ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ޏ. ފުވައްމުލަކު ހޮސްޕިޓަލުގެ އިތުރުން އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށެވެ. މިއިން ކޮންމެ ރަށަކަށް އެއް އެމްބިއުލާންސް ދީފައިވާއިރު ހުޅުމާލޭގައި ގާއިމުކޮށްފައިވާ ނެޝަނަލް އެމްބިއުލާންސް ސާވިސްއަށް ދެ އެމްބިއުލާންސް ވަނީ ދީފަ އެވެ.

އެމްބިއުލާންސްތައް ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްބިއުލާންސްތައް ހަވާލުކޮށްދެއްވީ ހެލްތު މިނިސްޓަރު އަހުމަދު ނަސީމް އާއި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ.

އެމްބިއުލާންސްތަކުގެ އަގަކީ 2,453,800 ރުފިޔާ ކަމަށް ހެލްތް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ޖަޕާނުން ހަދިޔާކުރި މެޑިކަލް އިކުއިޕްމަންޓްތަކުގެ ތެރޭގައި އެޑްވާންސް ލައިޕް ސަޕޯޓް (އޭއެލްއެސް) އިކުއިޕްމަންޓް ބޭގްސް، އޮކްސިޖަން ސިލިންޑަ، ބޭގް ވޯލްވް މާސްކް އަދި ސްޕައިނަލް ބޯޑު ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
May
SunMonTueWedThuFriSat
27282930123456789101112131415161718192021222324252627282930311234567