ދިރާގާއި ސެމްސަންގް ގުޅިގެން ރާއްޖޭގެ ހެލްތު ސެކްޓަރަށް ޓެބްލެޓް ހަދިޔާ ކޮށްފި އެވެ.
ދިރާގާއި ސެމްސަންގް ގުޅިގެން މިތަކެތި ހަދިޔާ ކޮށްފައި ވަނީ އިއްޔެ ވާޗުއަލް ބައްދަލު ވުމެއްގެ އެވެ. މި ދެ ކުންފުނިން ޓެބްލެޓް ހަދިޔާ ކޮށްފައި ވަނީ ހެލްތު މިނިސްޓްރީއަށާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށެވެ.
މި ބައްދަލުވުމުގައި ހެލްތު މިނިސްޓްރު އަހުމަދު ނަސީމާއި ދިރާގު ސީއީއޯ އަދި އެމްޑީ އިސްމާއީލް ރަޝީދު އަދި ސްރީލަންކާގެ ސެމްސަންގް ޑިރެކްޓަރު ކެވިން ސަންގްސޫ ވަނީ ބައިވެރިވެ ވަޑައިގެންފައި ވެއެވެ.
ދިރާގުން ބުނީ ހެލްތު ސެކްޓަރަށް 60 ގެލެކްސީ ޓެބްލެޓް ހަދިޔާކުރީ ކޮވިޑް-19 އިގެ ޕެންޑެމިކްގައި އެމީހުންގެ މަސައްކަތްތަކަށް ލުޔެއް ދިނުމުގެ ގޮތުން ކަމަށެވެ. މި ޑޮނޭޝަންގެ ސަބަބުން ވެކްސިން ޕްރޮގްރާމަށް އެތައް ފަސޭހައެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ.