މިނިސްޓްރީ އޮފް ހެލްތު

ހޮސްޕިޓަލުގެ އިހުމާލުން ކުއްޖެއްގެ ހާލު ގޯސްވި މައްސަލަ ބަލަނީ

ހޮސްޕިޓަލުގެ އިހުމާލުން ހާލު ގޯސްވި ކަމަށް ބުނާ ކުއްޖާގެ އަތް -- ފޮޓޯ: ސޯޝަލް މީޑިއާ
100%
0%
0%

ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިޔަ އަށް މަހުގެ ކުއްޖެއްގެ ހާލު އެ ހޮސްޕިޓަލުގެ އިހުމާލުން ގޯސްވި ކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފި އެވެ.

އެ ކުއްޖާގެ އަތަށް އައިވީ ގުޅުމުގެ ތެރޭގައި ލިބިފައިވާ އަނިޔާތަކެއް ކަމަށް ބުނާ ފޮޓޯތަކެއް އެ ކުއްޖާގެ އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު ވަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ އިހުމާލުން ކުއްޖެއްގެ ހާލު ގޯސްވި ކަމަށް ބުނާ މައްސަލަ ބަލަމުންދާކަން ކަށަވަރުކޮށްދީފަ އެވެ.

ކުއްޖާގެ އާއިލާއިން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައި ބުނީ އައިސީޔޫއަށް ލުމަަަށްފަހު ހުރިހާ ކަމެއް ނަރުހުން ގާތުން ބަލާނެ ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށެވެ.

"އެކަމަކު ބެލޭނަމަ ގަޑިއިރަކަށް ކުއްޖާ ކައިރިން ދުރަށް ޖެހިލި އިރު ވެފަ އޮތްވަރު މީ،" ކުއްޖާގެ އާއިލާއިން ބުނެފައިވެ އެވެ.

ކުއްޖާގެ އާއިލާއިން ބުނި ގޮތުގައި އެ ކުއްޖާ ހުން އައިސްގެން މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ފަސް ފަހަރު ޑޮކްޓަރަށް ދެއްކި އެވެ. ނަމަވެސް އެއިން ކޮންމެ ފަހަރަކުވެސް އާދައިގެ ކަމެއް ކަމަށް ބުނެ ފޮނުވާލަނީ ކަމަށާއި ޓެސްޓް ހެދީ އާދޭސް ކުރުމުން ކަމަށް އާއިލާއިން ބުނެ އެވެ.

"އެންމެ ފަހުން އާދޭސް ކޮށްގެން ޓެސްޓް ހެދީމަ އެނގުނީ ޑެންގޫ އަށް ޕޮސިޓިވް ވެފައި ވާކަން. ހުމުގެ ސަބަބުންނާއި އިންފެކްޝަންގެ ސަބަބުން ޑީހައިޑްރޭޓް ވެގެންނާއި އެކި އެހެން މައްސަލަތައް ދިމާވެ ހާލު ސީރިއަސް ވެފަކަން،" އާއިލާއިން ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910