މިނިސްޓްރީ އޮފް ހެލްތު

ކުޅުދުއްފުއްޓާއި ތިނަދޫގައި ޓާޝަރީ ހޮސްޕިޓަލް އަޅަން ހަވާލުކޮށްފި

Aug 30, 2023

ހދ. ކުޅުދުއްފުށި އަދި ގދ. ތިނަދޫގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ކުޅުދުއްފުށި އަދި ތިނަދޫގައި 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަޝްރޫއު ހަވާލުކޮށްފައިވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކް އިންޖިނިއަރިން ކޮމްޕެނީއާ އެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ 30 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. ހެލްތު މިނިސްޓްރީން ބުނި ގޮތުގައި މަޝްރޫއުގެ އަގަކީ 38 މިލިއަން ޑޮލަރެވެ.

ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް އިމާރާތްކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ.

އައްޑޫގެ ޓާޝަރީ ހޮސްޕިޓަލް ހުޅުވާފައިވާއިރު ރ. އުނގޫފާރާއި ލ. ގަމުގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް އަޅަން ވަނީ ނިންމާފަ އެވެ.