ޓްރީ ޓޮޕް ހޮސްޕިޓަލް

އަނގައިގެ ސިއްހަތާ ގުޅޭގޮތުން މައުލޫމާތު ދީފި

Oct 18, 2022
ކުޅުދުއްފުށީގައި ހިންގާ ސްކޫލުތަކުގެ ބެލެނިވެރިންނަށް އަނގައިގެ ސިއްހަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް
0%
0%
0%

ކުޅުދުއްފުށީގައި ހިންގާ ސްކޫލުތަކުގެ ބެލެނިވެރިންނަށް އަނގައިގެ ސިއްހަތާ ގުޅޭގޮތުން މައުލޫމާތު ދީފި އެވެ.

މި ސެޝަން ކުރިއަށް ގެންދިޔައީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ މަލްޓި ސްޕެޝަލްޓީ ހެލްތް ކޭމްޕާ ގުޅުވައިގެން އެ ހޮސްޕިޓަލާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޅިގެންނެވެ. މައުލޫމާތު ދިނީ ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޕީޑިއެޓްރިކް ޑެންޓިސްޓް ޑރ. އައިޝާ ނިހާ އިބްރާހީމް އެެވެ.

އަފީފުއްދީން ސްކޫލް ހޯލްގައި ކުރިއަށް ގެންދިޔަ މިބައްދަލުވުމުގައި ބެލެނެވެރިންނަށް މައުލޫމާތު ދިނީ 14 އަހަރުން ދަށުގެ ކުދިންގެ އަނގައިގެ ސިއްހަތާ ގުޅޭގޮތުންނާއި ރައްކާތެރިވެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ. އަދި ބެލެނިވެރިންގެ އާންމު ސުވާލުތަކަށް ޑރ. ނިހާ ޖަވާބުވެސް ދެއްވި އެވެ.

ޑރ. އައިޝާ ނިހާ އިބްރާހީމަކީ ޕަރުތާ ޑެންޓަލް ބެންގަލޫރު ހޮސްޕިޓަލްގެ 10 ބްރާންޗެއްގައި މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ޑެންޓިސްޓެކެވެ. އޭނާ ވަނީ އިންޑިއާގެ ބެންގަލޫރުގައި ހުންނަ އޭބީ ޝެޓީ މެމޯރިއަލް އިންސްޓިޓިއުޓް އޮފް ޑެންޓަލް ސާވިސަސް އިން ބެޗްލާސް އޮފް ޑެންޓަލް ސާޖަރީ ފުރިހަމަކުރައްވާފަ އެވެ. އަދި އެ ސިޓީގެ ޔެނެޕޮޔާ ޑެންޓަލް ކޮލެޖުން މާސްޓާސް އޮފް ޑެންޓަލް ސާޖަރީ -- ޕީޑޯޑޮންޓިކްސް އެންޑް ޕްރިވެންޓިވް ޑެންޓިސްޓްރީ ހާސިލުކުރައްވާފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނީ އެ ހޮސްޕިޓަލްގެ ޑެންޓަލް މެޑިސިން ޑިޕާޓްމަންޓުން ދޭ ހިދުމަތްތަކާއި ފަރުވާ މިހާރަށް ވުރެ ރަނގަޅު ކުރުމުގެ ގޮތުން ޒަމާނީ ޓެކްނޮލޮޖީ އާއި އުކުޅުތައް ބޭނުން ކުރަމުންދާ ކަމަށެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910