ދިރާގު އޭޑީއެސްއެލް ކަނެކްޝަންތައް ހައި ސްޕީޑް ފައިބާއަށް ހިލޭ ބަދަލު ކުރުމުގެ ޕްރޮމޯޝަނެއް ފަށައިފި އެވެ.
އޭޑީއެސްއެލް ކަނެކްޝަންތައް ހައި ސްޕީޑް ފައިބާއަށް ހިލޭ ބަދަލު ކުރުމުގެ ޕްރޮމޯޝަން ކުރިއަށް ދާނީ އަންނ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ އެޑީއެސްއެލް ހިދުމަތް ގެންގުޅޭ ކަސްޓަމަރުންނަށް ރާއްޖޭގެ އެންމެ ބޮޑު އަދި އެންމެ ހަލުއި ފައިބާ ނެޓްވޯކާ ހިލޭ ގުޅައިލަން ލިބޭ ފުރުސަތެކެވެ.
މި ޕްރޮމޯޝަނުގެ ދަށުން ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރު ވެސް ހިލޭ ލިބޭނެ ކަމަށެވެ.