އައްޑޫ ސިޓީ

ބޮޑު މަހެއް އައްޑޫއަށް ލައްގައިފި

މަރުވެފައިވާ ބޮޑު މަހެއް އައްޑޫ ސިޓީއަށް ލައްގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ ބޭރުމަތި ދާއިރާގެ މެމްބަރު މަރިޔަމް ސައީދާ އަވަސްއަށް މިއަދު ވިދާޅުވީ ބޮޑު މަސް ލެއްގިކަމުގެ މައުލޫމާތު ލިބުނީ މިއަދު ހެނދުނު 10 ޖަހާ ކަންހާއިރު ކަަމަށެވެ. އެ މަސް ލައްގާފައި ވަނީ އައްޑޫ ސިޓީ ހިތަދޫ ސްކޫލުގެ ފުއްޓަރު ފަރާތާ ދިމާއަށެވެ.

އެ މަސް އޮތީ ވަރަށް ބޮޑަށް ކުނިވެފައި ކަަމަށާއި އެ ސަރަހައްދުން ވަރަށް ބޮޑަށް ކުނިވަސް ދުވާކަމަށް ވެސް ސައީދާ މައުލޫމާތު ދެއްވަ އެވެ.

"މިހާރު މި މަސް ނަގަން އަޅުގަނޑުމެން އެމްއެންޑީއެފްއާ ވާހަކަ ދައްކަނީ. ދެން ވެމްކޯއިން ބުނެފައި އެބައިން އެ މަސް ވަޅުލުމުގެ ކަންތައްތައް ހަމަޖައްސައިދޭނެ ކަމަށް" ސައީދާ ވިދާޅުވެ އެވެ.

މީގެ ކުރިން ވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބޮޑު މަހާއި ޖަނަވާރު ފަދަ ތަކެތި ލައްގައިފައި ވެއެވެ.