އައްޑޫ ސިޓީ

ވިއްސާރައިގައި އައްޑޫގެ ބައެއް ގެތަކުގައި އުޅެން ދަތިވާ ވަރަށް ފެން ބޮޑުވެއްޖެ

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ގެއެއްގައި ފެން ބޮޑުވެފަ -- ފޮޓޯ: އެންޑީއެމްއޭ
0%
0%
0%

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް ގޭގޭގައި ދިރިއުޅެން ދަތިވާ ވަރަށް ފެން ބޮޑުވެއްޖެ އެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ މި ހާދިސާގައި އައްޑޫ ސިޓީ ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް އަސަރުކޮށް އަވަށު އޮފީހާއި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ޖުމްލަ ފަސް ގެއަކުން މީހުން ހުސްކުރަންޖެހިފައިވާ ކަމަށާއި ދެ ގެއެއްގެ މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލު ކުރެވުނުއިރު އެހެން ގެތަކުގެ މީހުން ބަދަލުވީ އެ މީހުންގެ އާއިލީ ގެތަކަށް ކަމަށް އެންޑީއެމްއޭ އިން ބުނެ އެވެ.

އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގައި ގެއެއްގައި ފެން ބޮޑުވެފަ -- ފޮޓޯ: އެންޑީއެމްއޭ

ބޯކޮށް ވާރޭވެހި އައްޑޫ ސިޓީ ފޭދޫ މަގުތަކުގައި ފެން ބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ސަދަން އޭރިއާ ކޮމާންޑް، ސ. ހިތަދޫ ފަޔާ ސްޓޭޝަނުން ރޭ ވަނީ ކޮށްފަ އެވެ.

މޫސުމާބެހޭ ގައުމީ އިދާރާ -- މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް އިން ހާމަކުރި ގޮތުގައި އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އައްޑޫސިޓީ ގަމަށެވެ.

އައްޑޫ ސިޓީ ފޭދޫ މަގުތަކުގައި ބޮޑުވެފައިވާ ފެން ހިންދުމުގެ މަސައްކަތް އެމްއެންޑީއެފުން ކުރަނީ -- ފޮޓޯ: އެމްއެންޑީއެފް

އައްޑޫއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރަށު ތެރޭގައި ފެން ބޮޑުވެފައިވާތީ، މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ކޮނެފައިވާ ވަޅުތަކަށާއި ލިންކް ރޯޑުގައި ހެދިފައިވާ ވަޅުތަކުގެ އިތުރުން ވިއްސާރަވުމުގެ ސަބަބުން މަގުތަކުގައި އިތުރަށް ހެދިދާނެ ވަޅުތަކަށް ސަމާލުވުމަށް އައްޑޫ ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345