މޫސުން

އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީ ހިތަދޫއަށް

އައްޑޫގައި ފެން ބޮޑުވުމުން އެމްއެންޑީއެފުން ހަރަކާތްތެރިވަނީ -- ފޮޓޯ: އެމްއެންޑީއެފް
0%
0%
0%

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހުނީ އައްޑޫ ސިޓީގެ ހިތަދޫއަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް އޮފީސް) އިން ހާމަކޮށްފި އެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ވާރޭ ވެހިފައިވާއިރު އައްޑޫ ސިޓީ ހިތަދޫއަށް 110 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް މެޓް އޮފީހުން ބުންޏެވެ.

މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަންއަކާ ގުޅިގެން ކުރާ ވިއްސާރައެއް ކަމަށް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.

މާލޭގައި ފެން ބޮޑުވުމުން އެމްއެންޑީއެފް ހަރަކާތްތެރިވަނީ

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން މާލެ އާއި އައްޑޫގައި ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފް އިން ވަނީކޮށްފަ އެވެ.

މޫސުން ގޯސްވެ ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ވަނީ ބައެއް ސަރަހައްދުތަކަށް އެލާޓްވެސް ނެރެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345