އެމްއެންޑީއެފް

ވިއްސާރާގައި ހިތަދޫ ދެ ގެއަކަށް ގެއްލުންވެއްޖެ

މޫސުމް ގޯސްވެ އައްޑޫ ސިޓީ ހިތަދޫގެ ދެ ގެއަކަށް ގެއްލުން ލިބުމާ ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސިފައިން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން މިއަދު މެންދުރުފަހު ހިތަދޫގެ ދެ ގެއެއްގެ ފުރާޅު ވަނީ އެއްލާލައިފަ އެވެ. ފުރާޅު އެއްލާލި ގެއަށް ސިފައިން ގޮސް ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.

އޭގެ އިތުރުން ހިތަދޫގެ ގެއަކަށް ފެން ވަންނާތީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން އެ ގެއަށް ގޮސް ވެލިބަސްތާ ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ.