މާރިޔާ އަހުމަދު ދީދީ

އައްޑޫގެ ހާލަތު ބައްލަވަން މާރިޔާ ވަޑައިގެންފި

މިނިސްޓަރު މާރިޔާ އައްޑޫގައި: ފެން ބޮޑުވުމުގެ ސަބަބުން އެ އަތޮޅުގެ ރަށްރަށަށް ވަނީ ބޮޑެތި ގެއްލުން ލިބިފައި
0%
0%
0%

މިހާރު ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ރަށްރަށުގައި ފެންބޮޑުވެ ގެއްލުންވެފައިވާތީ އައްޑޫގެ ހާލަތު ބައްލަވާލެއްވުމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އައްޑޫއަށް ވަޑައިގެންފި އެވެ.

މިނިސްޓަރު މާރިޔާ މިއަދު އައްޑޫއަށް ވަޑައިގެން ވަނީ ފެން ބޮޑުވުމުގެ ސަބަބުން ގެއްލުވި ގޭގެއަށް ޒިޔާރަތް ކުރައްވާ އެ ގޭގޭގެ އާއިލާތަކާ ބައްދަލު ކުރައްވާފަ އެވެ.

މުޅި ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި އައްޑޫ ސިޓީގެ ރަށްތަކަށް ބޯކޮށް ވާރޭވެހި ގިނަ ރަށްރަށުގައި ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފަ އެވެ. އަދި ބައެއް ގޭގޭގައި ވަރަށް ބޮޑަށް ފެން ބޮޑުވެ ދިރިނޫޅެވޭ ވަރުވެފައި ވެއެވެ.

އައްޑޫ ސިޓީގެ ރަށްތަކުގައި ފެން ބޮޑުވެ ގެއްލުން ލިބި، އާންމު ހާކަތަށް ބަދަލު އައިސްފައިވާތީ ތައްޔާރުކޮށްފައިވާ ވީޑިއޯ ރިޕޯޓް | އަވަސް

މާރިޔާ މިއަދު ވަނީ ސިޓީގެ މޭޔަރާ ބައްދަލު ކުރައްވާ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުންތައް ވަނީ ސާފު ހޯއްދަވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345