އެމްއެންޑީއެފް

މާލޭގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ފަށައިފި

ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވުމާއި ގުޅިގެން ޕަމްޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން ކުރަމުންދާ ކަމަށެވެ.

ފެން ހިއްކުމުގެ މަސައްކަތް އެމްއެންޑީއެފުން ފެށީ މިއަދު ހެނދުނު 6:08 ހާއިރު އެވެ.

އައިޖީއެމްއެޗް އާއި ދިރާގު ހެޑް އޮފީސްގެ އިތުރުން ގިޔާސުއްދީން ސްކޫލު ހިމެނޭ ސަރަހައްދުގައި ޕަންޕު ބޭނުންކޮށްގެން ފެން ހިއްކުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.

ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ އާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތަށް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް -- މެޓް އޮފީހުން ވަނީ ކ. އަތޮޅުން ވ. އަތޮޅަށް އަދި ލ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓް ނެރެފަ އެވެ.