މާލޭ ސިޓީ

އޯކިޑް މަގުގައި ހުރި ގަހެއް ވެއްޓި ވެހިކަލްތަކެއް ހަލާކުވެއްޖެ

އޯކިޑް މަގުގައި ވެއްޓިފައި އޮތް ގަސް-- --- ފޮޓޯ: އެމްވީ ކްރައިސިސް
0%
0%
0%

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ އޯކިޑް މަގުމައި ހުންނަ އެސްޓީއޯ ސްޕާމާޓް ކައިރީގައި ހުރި ބޮޑު ގަހެއް ވެއްޓި ވެހިކަލްތަކަކަށް ގެއްލުން ވެއްޖެ އެވެ.

މި ހާދިސާއާއި ގުޅޭގޮތުން ފުލުހުންގެ އޮފިޝަލް ވިދާޅުވީ މިއަދު ހެނދުނު އައި ކޮޅިގަޑުގައި އޯކިޑް މަގުގައި ހުރި ގަހެއް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުނީ ހެނދުނު 10:20 ހާއިރު ކަމަށެވެ.

ގަސް ވެއްޓިގެން އެތަނުގައި ޕާކްކޮށްފައި ހުރި ހަތަރު ފުރޮޅުލީ އުޅަދުތަކަކަށާއި ސައިކަލްތަކަކަށް ގެއްލުން ލިބިފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ގެއްލުން ލިބިފައިވަނީ ކިތައް ވެހިކަލަށް ކަމެއް އަދި އެނގިފައެއް ނުވެ އެވެ.

އޮފިޝަލް ވިދާޅުވީ އެ ސަރަހައްދުގައި މިހާރު ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި ސިޓީ ކައުންސިލާއި ގުޅިގެން ގަސް ނަގާ މަގުމަތި ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345