މޯލްޑިވްސް ޕޮލިސް ސާވިސް

ކަނޑަށް ވެއްޓުނު މީހާ ފެނިއްޖެ، ހާލު ރަނގަޅު

މީހަކު ގެއްލުނު ސަރަހައްދުގައި ކޯސްޓްގާޑުން ހަރަކާތްތެރި ވަނީ -- ފޮޓޯ: އެމްއެންޑީއެފް
0%
0%
0%

ކާށިދޫ ކަނޑަށް ގެއްލުނު މީހާ ފެނިއްޖެ އެވެ.

ފުލުހުން ދެންމެ ބުނީ ކަނޑަށް ވެއްޓުނު މީހާ ފަތާފައި ކާށިދޫއަށް އަރާފައިވާ ކަމަށެވެ. އޭނާގެ ހާލު ރަނގަޅު ކަމަށްވެސް ބުންޏެވެ. އަދި އެ މީހާ މިހާރު ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އެ މީހާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެނެސްފައިވަނީ ސުވާލު ކުރުމަށް ކަމަށް ބުންޏެވެ.

އުމުރުން 22 އަހަރުގެ އެ ޒުވާނާ ގެއްލިގެން ހޯދަން ފެށީ 11 ޖެހިއިރު އެވެ.

ކާށިދޫ ކަނޑަށް ގެއްލުނު ޒުވާނާ ފެނިފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ހިނގި ކަނޑުމަތީގެ ހާދިސާއެއްގައި ހަތަރު އަހަރުގެ ކުއްޖަކު ގެއްލި އެ ކުއްޖާގެ މަންމަ ވަނީ މަރުވެފައެވެ. ކުއްޖާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު އެ ކުއްޖާގެ އެއްވެސް ހަބަރެއް ނުވެއެވެ.

ހިނގަމުން މި ދަނީ މޫސުން ވަރަށް ގޯސް ދުވަސްތަކެކެވެ. ކަނޑުމަތީގެ ގިނަ ހާދިސާތައް ހިނގަމުންދާއިރު މަސްބާނަށް މާލެ ތޮށިގަނޑުގައި ހުރި މީހަކު މޫދަށް ވެއްޓި މިއަދު ވަނީ މަރުވެފައެވެ. އަދި ބޯވަ ނަގަން ފީނަން ގޮސް އުޅުނު މީހަކު އޮޔާދަނިކޮށް ވަނީ ސަލާމަތް ކޮށްފައެވެ.

ކަމާބެހޭ އިދާރާތަކުން ދަނީ މޫސުމަށް ސަމާލުވުމަށާއި ކޮންމެހެން މަޖުބޫރު ދަތުރެއް ނޫނީ ނުކުރަން އިލްތިމާސް ކުރަމުންނެވެ. އެފަދަ ދަތުރަކަށް ފުރުމުގެ ކުރީން ސިފައިންނާއި ފުލުހުންނަށް އެންގުމަށްވެސް އެދިފައިވެއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345