މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މިއަދުވެސް ކަނޑު ގަދަ ވާނެ: މެޓް

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިއަދު ވެސް ކަނޑުތައް ގަދަވާނެ ކަމަށާއި މޫސުމަށް ސަމާލުވުމަށް މުސޫމާ ބެހޭ އިދާރާ (މެޓް) އިން އިލްތިމާސްކޮށްފި އެވެ.

މެޓުން ވަނީ މިއަދު އިރުއޮއްސި ހައެއްގެ ނިޔަލަށް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވާނެ ލަފާކޮށްފަ އެވެ. އެގޮތުން ރާއްޖޭގެ ދެކުނުގެ ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށާއި އުތުރާއި މެދު ރާއްޖެތެރޭގެ އެކި ހިސާބަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާލުރެވޭ ކަމަށް މެޓުން ބުނެ އެވެ.

ދެކުނުގެ އަތޮޅުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާއިި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށިގެންވާ ކަމަށެވެ.

ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިނުގައި ތިން ފޫޓާއި ހަތް ފޫޓު ހުންނާނެ ކަމަށް މެޓުން ބުނެ އެވެ. އެހެންކަމުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސް ކުރެ އެވެ.